ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ ގުޑްސް އުފައްދާ ކުންފުނި P&G (ޕްރޮކްޓާ އެންޑް ގޭމްބަލް) ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް އަންނަ ޖެނުއަރީ އިން ފެށިގެން އިންޑިއާގެ މުމްބާއި އަށް އުފަން ޝައިލޭޝް ޖެޖުރިކަރް ހަމަޖައްސައިފިއެވެ.
187 އަހަރު ވެފައިވާ P&G ކުންފުންޏަކީ ޕެންޓީން ޝޭމްޕޫ އާއި، ޓައިޑް ޑިޓާޖެންޓް ފަދަ ޕްރޮޑަކްޓްތައްފަދަ މަޝްހޫރު އެތައް ޕްރޮޑަކްޓް ތަކެއް އުފަައްދަމުންދާ ކުންފުންނެކެވެ.
އެކުންފުނީގެ މިހާރުގެ ސީއީއޯ ޖޯން މޮއެލާ އަންނަ ޖެނުއަރީ މަހު އެގްޒެކްޓިވް ޗެއާމަން ކަމަށް ބަދަލުވުމާއެކު ކުންފުނީގެ ރައީސް ކަމާއި ސީއީއޯ ގެ މަގާމު އުމުރުން 58 އަހަރުގައި ޖެޖޫރިކަރް ލިބުމާއެކު އޭނާވެގެންދާނީ 187 އަހަރުވެފައިވާ އެމެރިކާގެ މަލްޓިނޭޝަނަލް ކުންފުނީގެ އެއް ވަނަ މަގާމް ހޯދި އިންޑިއާގެ ފުރަތަމަ މީހާ އަށެވެ.
1989 ވަނަ އަހަރު އެ ކުންފުޏާ ގުޅުނު ޖެޖޫރިކަރް މިހާރު ހުންނެވީ އެ ކުފުންނީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައެވެ.

