ހައުސިންގ ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) ގެ ޑެޕއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު އެ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމުގައި ހުންނެވި މައުރޫފު ޖަމީލް އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން ރޭ ބޯސީބީ އިން ވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓްރ ގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު އައްޔަނު ކޮށްފައެވެ. އަލީ ޒުހައިރު އެޗްޑީގެ އެމްޑީގެ މަޤާމަށް އައްޔަނުކޮށްފައިވަނީ އޭނާ ހުންނެވި އާރުޑީސީގެ އެމްޑީކަމުން ވަކުކުރުމަށް ފަހުއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ 26 ގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމަށް އައްޔަނުކުރެއްވި ފަޔާޒު އަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ހުޅުމާލެ ހިއްކަން ފެށި ދުވަސްވަރު އެ ކުންފުނީގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *