މިއަގަރުގެ 2 ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް 490.33 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

އެކުންފުނިން އާންމުކޮށްފައިވާ މި އަހަރުގެ 2 ވަނަ ކުއާޓާލީ ރި÷ޯޓުން ދައްކާ ގޮތުން 2 ވަނަ ކުއާޓަރުގައި އެމްޓީސީސީން 9 މަޝްރޫއެއް ނިންމާފައިވާ އިރު، އެ މަޝްރޫއުތަކުގެ އަގު 593.03 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން 2 ވަނަ ކުއާޓަރުގައި 64 މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެ އިތުރުން އެ ރިޕޯޓުން ދައްކާގޮތުން 2 ވަނަ ކުއާޓާގެ އޮޕަރޭޓިން ފައިދާގެ ގޮތުގައި 49.76 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2 ނަ ކުއާޓަރުގައި އެކުންފުނިން 35 މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 1.42 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން އެކުންފުނިން ވަނީ މި އަހަރުގެ 2 ވަނަ ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންގެ ގޮތުގައި ތިބި މީޫހުންގެ އަދަދުވެސް ހާމަކޮށްފައެވެ. އެގޮތުން މުވައްޒަފުންގެ ގޮތުގައި ޖުމްލަ 4،130 މީހުން މަސައްކަތް ކުރާއިރު އޭގެ ތެރޭގައި ހިމެނެނީ 2.463 ދިވެހިންނާއި 1،661 ބިދޭސީންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *