ބ ކަމަދުއަށް ސީޕްލޭން އޮޕްރޭޓްކުރުމަށް އައިލެންޑް އޭވިއޭޝަނާއި ހޯކްސް ހޮޓެލް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކޮސްފި އެވެ.
ރައީސް ޑރ މުޢިއްޒު ބ. އަތޮޅަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ހުސައިން އަމަންއެވެ.
ކަމަދޫ އަކީ ހޯކްސް ކުންފުނީގެ ވެރިން ނިސްބަތްވާ ރަށެވެ. އެގޮތުން ހޯކްސް އިން ކަމަދޫގައި ލޯކަލް ޓޫރިޒަމް އަށް ހާއްސަކޮށްގެން މިހާރުވަނީ ގެސްޓް ހައުސްގެ ވިޔަފާރި ފަށައިފައެވެ. މީގެ އިތުރުން އެރަށުގައި ގިނަ ފަރާތްތަކަކުން މިހާރު ވަނީ ލޯކަލް ޓޫރިޒަމަށް ހާއްސަ ގެސްޓް ހައުސްގެ ވިޔަފާރިތައް ފަށާފައެވެ.

