އދ އަތޮޅު ގައި ހިންގަމުން އަންނަ ކުޑަރަށް ރިސޯޓް މޫދު ރޫމް ތަކުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިއްޖެކަމަށް މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެ ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރަމުން އެމްއެންޑީއެފް އިން ބުނީ ކުޑަރަށް ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާވަނީ ކޮންޓްރޯލްކުރެވިފައި ކަމަށާއި އެ ރިސޯޓުގައި، އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސަންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އެމްއެންޑީއެފް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއް ވެސް ވަނީ އެ ރިސޯޓަށް ގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން ކުރިން ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު. ކަމަށާއި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *