ޔޫކްރެއިންއިން ރަޝިޔާއަށް ދެމުން ގެންދާ ހަމަލާތައް އިތުރުވުމާ ގުޅިގެން ރަޝިއާގެ ތެޔޮ ސަޕްލައި އަށް ބުރޫ އަރާފާނެ ކަމުގެ ބިރު ބޮޑުވެ ތެލުގެ އަގު ކުޑަކޮށް އުފުލިއްޖެ އެވެ.

ބްރެންޓް ކްރޫޑް ފިއުޗަރސް 6 ސެންޓް ނުވަތަ 0.09 އިންސައްތަ އިގެ ކުރިއެރުމަކާއެކު ޖީއެމްޓީ 0050 ގައި 67.79 ޑޮލަރަށް އަރާފައިވާއިރު ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ކްރޫޑް ފިއުޗަރސް ވަނީ 9 ސެންޓް ނުވަތަ 0.14 އިންސައްތަ އިތުރުވެ 63.75 ޑޮލަރަށް އަރާފައެވެ.

ޔޫކްރެއިންއިން ރަޝިޔާއާ ދެކޮޅަށް ޑްރޯން ހަމަލާއެއް ދީފައިވާއިރު، ރަޝިއާގެ އެންމެ ބޮޑު އެއް ނިއުކްލިއާ އިންޖީނުގޭގެ ރިއެކްޓަރެއްގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރަށް ބޮޑަށް ދަށްވެ، އުސްޓް-ލޫގާ ފިއުލް އެކްސްޕޯޓް ޓާމިނަލްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރަޝިއާގެ އޮފިޝަލުން ބުނެފި އެވެ.

މީގެ އިތުރުން ޔޫކްރެއިންގެ ޑްރޯން ހަމަލާއަކާ ގުޅިގެން ރަޝިއާގެ ނޮވޮޝަކްތިންސްކް ރިފައިނަރީގައި ރޯވި އަލިފާންގަނޑު ރޯވިތާ 4 ވަނަ ދުވަހުވެސް ދަނީ އަނދަމުން ކަމަށް އެ ސަރަހައްދުގެ ވަގުތީ ގަވަރުނަރު ރިޕޯޓުކޮށްފައި ވެއެވެ. މި ރިފައިނަރީއިން މައިގަނޑު ގޮތެއްގައި އަހަރަކު 5 މިލިއަން މެޓްރިކް ޓަނުގެ ތެޔޮ އެކްސްޕޯޓު ކުރާއިރު މިއީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އެއް ލައްކަ ފީފާއާ އެއްވަރުގެ ތެލެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *