ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ބޭނުން ނުކުރުމަށާއި، ރާއްޖެއަށް އެތެރެ ނުކުރުމަށާއި، ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެމެރިކާގައި އުފައްދާފައިވާ ބުއިމެއް ކަމަށްވާ "ޑރ ޕެޕާ" ސޮފްޓް ޑްރިންކް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އެންގީ އޭގައި ހުންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް  "ބެންޒޮއިކް އެސިޑް" ހުރުމުގެ ސަބަބުންކަމަށެވެ.

އެ އޮތޯރިޓީ އިން ބުނީ މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެއޮތޯރިޓީއަށް ހިއްސާކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއުފެއްދުން ދިވެހިރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުންނުކުރުމަށާއި، ބާޒާރުގައި ހުރި ޑރ ޕެޕާ ބާޒާރުން ނެގުމަށާއި ނުވިއްކުމަށާއި އަދި ނައްތާލުމަށް އަންގާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *