ގއ. އަތޮޅުގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އެ އަތޮޅުގައި އޭޓީއެމްގެ ޙިދުމަތް ފެށިފައިނުވާ އެ އަތޮޅު ކޮނޑޭއާއި ކަނޑުހުޅުދޫގައި މިއަދު ވަނީ އޭޓީއެމްގެ ޙިދުމަތް ފަށާފައެވެ. އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި އޭޓީއެމްގެ ޙިދުމަތް ފެށުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްގެ ޙިދުމަތް ގާއިމްކުރަނީ ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ބޭންކިންގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށާއި،
އަދި މި ޙިދުމަތަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ހިދުމަތެއް ކަމަށް އެ ބޭންކުން ދެކެލައްވާ ކަމަށެވެ.

