އަންނަ ބުދަ ދުވަހު ކޮޅުމަޑުލުގައި އާރުޓީއެލް ފެރީގެ ޚިދުމަތްދޭން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުންދާ އެމްޓީސީސީން ބުނީ ތ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވެފައިވާ ކަމަށެވެ. ފެރީގެ ޚިދުމަތް ފަށަން ބޭނުންވާ ޒަމާނީ ހައިސްޕީޑް ލޯންޗްތައް މިހާރު ވަނީ ތ. އަތޮޅަށް ފޮނުވާފައެވެ.  ކޮޅުމަޑުލުގައި އާރުޓީއެލްގެ ޚިދުމަތް ފަށަނީ މިކަމަށްޓަކައި ވޭމަންޑޫގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މިއިއްޒުއެވެ.

މިއަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް އާރުޓީއެލް ހައި ސްޕީޑް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރެކެވެ. މިއީ ކަނޑުމަގުންވެސް ދަތުރުފަތުރު ކުރުމުގެ ނިޒާމު ފުޅާކޮށް ހަލުއިކޮށް ރައްޔިތުންނަށް ލުއިފަސޭހަވާނެ މަގުތައް ފަހިކޮށްދިނުމަށް 2022 ވަނަ އަހަރު ފެށި މަޝްރޫޢެކެވެ.

އާރުޓީއެލްގެ ޚިދުމަތް މިހާރުވެސް ރާއްޖޭގެ 11 އަތޮޅެއްގައި ދަނީ ފޯރުކޮށްދެމުންނެވެ. ބާކީ ހަތަރު އަތޮޅުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ 56 އުޅަނދު ބަންނަން އެމްޓީސީސީން މިހާރު ވަނީ ހަވާލުކޮށްފައެވެ. "ރައްޔިތުންގެ ކުންފުނި" އެމްޓީސީސީއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް އެއްގަމާ ކަނޑުގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *