ރާއްޖޭގައި ފުރަތަމަ ފަހަރަށް އޫރިދޫ އާއި ދިރާގުގެ ރީތި ނަންބަރުތަކާއި އިތުރު ހިދުމަތް ލިބޭ ވެބްސައިޓެއް ބޫސްޓިފައި އިން ތާޢާރަފުކޮށްފިއެވެ.
މި ވެބްސައިޓް ތަޢާރުފުކޮށްފައިވަނީ އޫރިދޫގެ ސޭލްސް ޕާޓްނަރ އަދި ދިރާގުގެ އެޖެންޓެއްކަމަށްވާ ބޫސްޓިފައި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުންނެވެ. ބޫސްޓިފައި އިން ތައާރަފްކޮށްްފައިވާ މި ވެބްސައިޓުން ހިލޭ ޕޯސްޓް ޕެއިޑް ނަންބަރ ނެގުމާއި ޕްރީޕެއިޑް ނަންބަރު ލިބެން ހުންނާނެ ކަމަށް ބޫސްޓިފައިގެ މެނޭޖިން ޑިރެކްޓަރ ހުސެން ޖިނާން ވަނީ ވިދާޅުވެފައެވެ. ޖިނާން ބުނި ގޮތުގައި މި ވެބްސައިޓުން ދިރާގު އަދި އޫރިދޫގެ ރީތި ނަންބަރު ހިލޭ ލިބުމުގެ އިތުރުން 5G އެއާ ފައިބަރ ވެސް ލިބޭނެކަމަށާއި ކުރިއަށް އޮތްތާގައި މި ވެބްސަައިޓުން އޫރިދޫ ސްޕާނެޓްއަށް އެޕްލައި ކުރެވޭނެކަމަށްވެސް ވިދާޅުވި އެވެ.
އޫރިދޫގެ ޑާތާ ޕެކޭޖް އަދި ރާސްޓަސް ވެސް މިވެބްސައިޓުން ލިބެން ހުންނަ މި ވެބްސައިޓުން 90 އިންސައްތަ ހިލޭ ދޫކުރާއިރު 749 ރުފިޔާގެ ނުވަތަ އެއަށްވުރެ މަތީގެ ޕްލޭނެއް ނަންގަވާ ފަރާތްތަކަށް 5ޖީ އެއާ ފައިބާ ހިލޭ ލިބޭނެ ކަމަށްވެސް ޖިނާން ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ 15 ދުވަހަކުން ޑިސޭބަލް ނަންބަރސް ވެބްސައިޓަށް އަޕްޑޭޓްވަމުންދާނެކަމށްވެސް ޖިނާން ވިދާޅުވިއެވެ.
ވެޞަސައިޓް އެޑްރެހަކީ Stay Charged, Stay Connected | Boostify
boostify.mv

