އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެސްއެސް މޯބައިލްއިން އައިފޯނު 17ގެ ސީރީޒް ފޯނު ލިބޭނެކަމަށް އެފިހާރައިން ބުނިފިއެވެ.

ހުޅުމާލޭ ޗަނބޭލީމަގު 6 މަގުގައި ހުންނަ އެސްއެސް މޯބައިލްއަކީ އެންމެ ފަހުގެ މޮޑެލްތަކުގެ ފޯނު ހެޔޮ އަގުގައި ވިއްކާ ފިހާރައެކެވެ. މިގޮތުން އައިފޯނުގެ އިތުރުން ރެޑްމީ، ސަމްސަންގް، ރިއަލްމީ ޕްލަސްގެ ފަހުގެ ހުރިހާ ފޯނެއް މި ފިހާރައިން ލިބެން ހުންނާނެއެވެ. ފޯނު ވިއްކުމުގެ އިތުރުން މި ފިހާރަ އެންމެ މަޝްހޫރުވެފައިވަނީ ފޯނު މަރާމާތުކުރުމުގެ އަވަސް ޚިދުމަތަށެވެ.

"ފޯނެއް މައްސަަލަ ޖެހިގެން ގެނެސްފިނަމަ ފޯނަށް ދިމާވެފައިވާ މައްސަލައަކީ ކޮބައިކަން މިކޮޅުން ހިލޭ ބަލައިދޭނެ. އަދި ކަސްޓަމަރު ކައިރީ ބަހައްޓައިގެން ފޯނު މަރާމާތުކޮށްދޭނެ." އެސްއެސް މޯބައިލްއިން ބުންޏެވެ،

އެސްއެސް މޯބައިލް ކުރިން ހިންގީ މާލޭގައެވެ. 2009 ވަނަ އަހަރުން ފެށިގެން މޯބައިލް ފޯނު މަރާމާތުކުރުމުގެ ޚިދުމަތްް އެ ފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ. މި މުއްދަތުގެތެރޭގައި އެ ފިހާރައިން ވަނީ ކަސްޓަމަރުންގެ އިތުބާރާއި ޔަޤީންކަން ހޯދާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *