ކުރީގެ ސަރުކާރުތަކުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަކޮށްފައިވާ މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފިއެވެ.

އެމްޓީސީސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުނީގެ ވޭތުވެ ދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓުތަކުން ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކުންފުންޏަކީ އާންމުން ހިއްސާވާ ކުންފުންޏަކަށްވާތީ، ހިއްސާދާރުންގެ ފައިސާ އެފަރާތްތަކަށް ހޯދައިދިނުމަށްޓަކައި އެކަން ތަހުގީގުކޮށް އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރުމަށް ތަހުގީގުކުރާ ފަރާތްތަކަށް އަންގާފައިވާ ކަމަށްވެސް އެ ކުންފުނީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ. ކުންފުނީގެ ހިއްސާދާރުންނަށް އިހުމާލުވެފައިވާ މައްސަލަ ތަހުގީގުކޮށް ޝަރީޢަތުގެ ކުރިމައްޗަށް ގެންނަންޖެހޭ މީހުން ގެނައުމަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށްވެސް އެމްޓީސީސީގެ ބަޔާނުގައިވެއެވެ.

1981 ވަނަ އަހަރުގެ ޑިސެމްބަރު މަހު އުފެދުނު އެމްޓީސީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖްތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެވެ. ވޭތުވެދިޔަ 44 އަހަރުތެރޭގައި، އެމްޓީސީސީން ވަނީ ރާއްޖޭގެ އެންމެ ބޮޑު ސިވިލް އަދި މެރިން ކޮންޓްރެކްޓަރަށް ވެފައެވެ. އަދި އެއްގަމާއި ކަނޑުގެ މަގުން ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް އެންމެ ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަނީ އެމްޓީސީސީއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *