ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސް ޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖްއެއް އަޅަން އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ކޮމަންޑޫގައި އައިސްޕްލާންޓް އެޅުމަށް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ފިޝަރީޒް މިނިސްޓްރީއާއި ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ށ އަތޮޅުގެ ރަށްތަކަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

އެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.

މި އެއްބަސްވުމުގެ ދަށުން ކޮމަންޑޫގައި ހަދަން ހަވާލުކޮށްފައިވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *