މާވަށުގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި އެވެ.
މާވަށުގައި އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ހައްދުންމަތީގެ މީހުންދިރިއުޅޭ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެރަށަށް އެމަނިކުފާނު ވަޑައިގެން އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުތަކެއްގައެވެ.
މާވަށުގައި އިމާރާތްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު އާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް އާއި މާވަށު ކައުންސިލްގެ ރައީސްއެވެ.
މާވަށުގައި މިއަދު ބިންގާ އެޅުނު ބީއެމްއެލް އިސްލާމިކް ބަރާންޗް ގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

