ހޮންޑާ ބްރޭންޑްގެ ސައިކަލުތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ، ރާއްޖޭގެ ހޮންޑާގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރު ޝީޝާއިން، ވިނަރ ސީރީޒްގެ ސައިކަލުތަކުގެ އެންމެ ފަހުގެ މޮޑެލް ކަމަށްވާ "ވިނަރ އާރް" ރާއްޖެއަށް ލޯންޗްކޮށްފިއެވެ. މި ސައިކަލު ލޯންޗް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ރުއްގަނޑު 3، ފޭސް ދޭއްގައި ބޭއްވި "ބިޔޯންޑް އެކްސް"ގެ ނަމުގައި ބޮޑު އިވެންޓެއްގައެވެ.

މި އިވެންޓްގައި ޝީޝާ އިން ވަނީ ވިނާ އާރް ސައިކަލު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝީޝާ މެދުވެރިކޮށް ގަނެވޭނެކަންވެސް އިއުލާންކޮށްފައެވެ. އަދި ވިނާ އާރްގެ ސްޕެޝަލް އެޑިޝަން އަދި ސްޕޯޓްސް އެޑިޝަން ވެސް ޝީޝާ އިން ލިބޭނެކަން ވަނީ ހާމަކޮށްފައެވެ.

ބިޔޯންޑް އެކްސް އިވެންޓަކީ ގިނަ ބަޔަކު ބަލަންދިޔަ ފޯރިގަދަ އިވެންޓެކެވެ. މި އިވެންޓް އެންމެ ފޯރިގަދަވެފައިވަނީ ވިނާ އެކްސްގެ ސައިކަލު ގެންގުޅޭ ފަރާތްތަކުގެ މުބާރާތުންނެވެ. މިގޮތުން ކުރިއަށްދިޔަ "ވިނާ ޝޯޑައުން" ގައި، ހޮންޑާ ވިނާ އަދި ވިނާ އެކްސް ސީރީޒްގެ ސައިކަލު ގެންގުޅޭ ފަރާތްތަކުން އެމީހުންގެ ސައިކަލަށް ގެނެސްފައި ހުރި ބަދަލުތަކާއި، ސައިކަލު ސްޓައިލްކޮށްފައިވާ ގޮތް ދައްކާލިއެވެ.

މި ޝޯޑައުންގައި އެންމެ ފުރިހަމަކޮށް، އަދި ގިނަބަޔަކު ގަޔާވާ ގޮތަށް ސައިކަލު ސްޓައިލްކޮށްފައިވާ ތިން ފަރާތަކަށް އަގުހުރި އިނާމު ދީފައިވެއެވެ. ޝޯޑައުންއިން އެއްވަނައަށް ދިޔަ ފަރާތަކަށް 10،000ރ.ގެ ފައިސާގެ އިނާމެއް ދީފައިވާއިރު، ދެވަނައަށް ދިޔަ ފަރާތަކަށް 3،000ރ. ގެ ކެމިކަލް ގައިސް ބްރޭންޑްގެ އުފެއްދުންތައް، އަދި ތިންވަނައަށް ދިޔަ ފަރާތަކަށް 2،000ރ. ގެ ކެމިކަލް ގައިސް ބްރޭންޑްގެ އުފެއްދުންތައް ވަނީ ހަވާލުކޮށްފައެވެ.

ޝީޝާ އިން ވަނީ ކުރިއަށް އޮތްތަނުގައި ހޮންޑާގެ އެހެން މޮޑެލްތަކުގެ ސައިކަލުތަކަށް ހާއްސަކޮށް އިތުރު ޝޯޑައުންތައް ބާއްވާނެކަންވެސް އިއުލާންކޮށްފައެވެ. ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ސައިކަލާއި އަދި ޕަވާ ޕްރޮޑަކްޓްސްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. ޝީޝާގެ އައުލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ފުވައްމުލައް ސިޓީ، ލ. ގަން، ގއ. ވިލިނގިލި ފަދަ ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި ހިންގަމުން ދެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *