ރާއްޖޭގެ އެންމެ ބޮޑު ކޮމިއުނިކޭޝަންސް ޕްރޮވައިޑަރ ދިރާގުން، ދަރިވަރުންނަށް ހާއްސަކޮށް، ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކޮށްގެން ސޯނީ ޕްލޭސްޓޭޝަން 5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. މި އޮފަރގެ ދަށުން، ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން ދިރާގު އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ދަރިވަރަކަށް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ، ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ އަދި ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ކާޑެކެވެ. ދިރާގުން ފާހަގަކުރާ ގޮތުގައި، މި ކާޑަކީ ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 150,000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބޭ ކާޑެކެވެ.

މީގެ ތެރޭގައި ރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ލިބޭ ޚާއްސަ ޑިސްކައުންޓްތަކާއި، ދަރިވަރުންނަށް ޚާއްސަ ދިރާގު ހޮޓްޑީލްސް ހިމެނޭކަން އެ ކުންފުނިން ފާހަގަކުރިއެވެ. މިއީ ދަރިވަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށް، ފައިދާހުރި ހިދުމަތްތައް ފަސޭހައިން ލިބިގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ރާއްޖޭގައި ކިޔަވާ، 18 އަހަރުން މަތީގެ ދަރިވަރުންނަށް ޚާއްސަކޮށްފައިވާ މި ކާޑު މެދުވެރިކޮށް، އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަންނަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޚާއްސަ އޮފާތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންކަން އެ ކުންފުނިން ފާހަގަކުރެއެވެ. މި އޮފަރއަކީ ވެސް އެ މަސައްކަތުގެ ދަށުން ދަރިވަރުންނަށް ލިބިގެންދާ އިތުރު ހިދުމަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *