ދިވެހިރާއްޖޭގެ މުވާސަލާތީ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްއިން، އައިފޯން 17 ޕްރޯއެއް ހޯދުމުގެ ފުރުސަތު ލިބޭ ޚާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ ބޭނުންކޮށްގެން ވިޔަފާރިކުރާ ފަރާތްތަކަށާއި، އުރީދޫގެ ޚިދުމަތްތަކުގެ ބިލު ދައްކާ ފަރާތްތަކަށެވެ.

އުރީދޫގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކޮންމެ މަހަކު މަދުވެގެން 1000 ރުފިޔާއިން އެމްފައިސާ މެދުވެރިކޮށް ވިޔަފާރިކުރާ ނުވަތަ ބިލު ދައްކާ ފަރާތްތަކަށެވެ. އުރީދޫން ހާމަކޮށްފައިވާ ގޮތުގައި މި ފުރުސަތު ލިބޭނީ ކުރިއަށް އޮތް ތިން މަހު، ކޮންމެ މަހަކުވެސް މިގޮތަށް 1000 ރުފިޔާއިން އެމްފައިސާ ބޭނުންކޮށްގެން މުއާމަލާތްތައް ކުރާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގެ އެންމެ ނަސީބުވެރި އެއް ފަރާތަށް އައިފޯން 17 ޕްރޯއެއް ލިބޭނެއެވެ. ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ މި ޕްރޮމޯޝަން ކުރިއަށްދާ ތިން މަސް ފަހުން ކަމަށް އުރީދޫން ވަނީ ބުނެފައެވެ. މި ޕްރޮމޯޝަންގެ ބޭނުމަކީ ޑިޖިޓަލް މުއާމަލާތްތަކަށް ރައްޔިތުން އަހުލުވެރިކޮށް، އެމްފައިސާގެ ބޭނުން އިތުރުކުރުމެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *