ދުވާލަކު ބޭސް ނުވަތަ ސަޕްލިމެންޓްސް ބޭނުންކުރާ ގިނަ ބަޔަކަށް، ޚާއްސަކޮށް ދަތުރުފަތުރުކުރާއިރު، ތަރުތީބުކަންމަތީ ބޭސް ބަހައްޓައިދޭ ޚާއްސަ ބޭސްފޮށިތައް ނުވަތަ " ޕިލް ސްޓޯރޭޖް ބޮކްސް" ވަރަށް ބޮޑު އެހީއަކަށް ވެދާނެއެވެ. މިފޮށިތަކަކީ ބޭސް ބޭނުންކުރުމުގައި ފަސޭހަވެ، ހަނދާން ނައްތާލުން ނުވަތަ ގޯސްކޮށް ބޭނުންކުރުން ހުއްޓުވުމަށް އެހީތެރިވާ ވަސީލަތެކެވެ.
މިފޮށިތަކުން ދިރިއުޅުން ތަރުތީބުކޮށްދީ، ކޮންމެ ދުވަހަކު ޑޮކްޓަރުގެ އިރުޝާދާއެކު ބޭސް ބޭނުންކުރުމަށް ފަސޭހަ ކޮށްދޭ، މީގެ އިތުރުން، އެދުވަހު ބޭނުންކުރެވިފައިވާ ބޭސްތައް ހަނދާން ބެހެއްޓުމަށް އެހީވެ، ގޯސްކޮށް އިތުރު ޑޯޒެއް ބޭނުންކުރުން ހުއްޓުވުމަށްވެސް އެހީތެރިވޭ.
ގުޑްއެކްސްގެ ބޯޑުން ސެޓިފިކެޓް ލިބިފައިވާ ފެމިލީ ފިޒިޝަން އަދި މެޑިކަލް އެޑިޓަރ ޑރ. ކާލާ ރޮބިންސަން
ޑރ. ރޮބިންސަން ވިދާޅުވީ، ދަތުރުފަތުރުކުރާއިރު މިފަދަ ބޭސްފޮށިތަކުގެ ބޭނުން މާބޮޑުކަމަށާއި، އެއީ ގިނަ އަދަދެއްގެ ބޭސްފުޅިތައް ހިފައިގެން ދަތުރުކުރުމަށްވުރެ، މިފަދަ ކޭސްތައް ޕެކްކުރުން މާ ފަސޭހަވާނެތީ ކަމަށެވެ. އެކި ބޭނުންތަކަށް ޚާއްސަކޮށްފައިވާ އެތައް ބޭސްފޮށްޓެއް މިހާރު ބާޒާރުގައި ލިބެން ހުރެއެވެ.
ފާހަގަކޮށްލެވޭ ބައެއް ބޭސްފޮށިތައް:
- އޯވޮން ވީކްލީ ޕިލް އޯގަނައިޒަރ : މި ބޭސްފޮށީގައި ހަތް ދުވަހުގެ ބޭސް ރައްކާކުރެވެއެވެ. ކޮންމެ ގޮޅިއެއްގައިވެސް އެކި ކުލައިގެ މަތިޖެހެން ހުންނައިރު، ހަފްތާގެ ދުވަސްތަކުގެ ނަން ޖަހާފައި ހުރެއެވެ. ކޮންމެ ގޮޅިއެއްގައި ބޮޑު 12 ވައިޓަމިން ގުޅަ ރައްކާކުރެވޭނެ ކަމަށް ބްރޭންޑުން ބުނެއެވެ. މަތިގަނޑު ހުންނަނީ ވަރަށް ރަނގަޅަށް ބަންދުކުރެވޭ ގޮތަށް ކަމަށާއި، ބޭނުންވާ އިރު ބަޓަންއަށް ފިއްތާލައިގެން ހުޅުވޭނެއެވެ. މިފަދަ ފޮށިތަކަކީ ދުވާލަކު އެއް ފަހަރު ބޭސް ބޭނުންކުރާ ފަރާތްތަކަށް ވަރަށް އެކަށޭނެ އެއްޗެކެވެ.

- ޒަނާކީ މެޓަލް ޓްރެވަލް ޕިލް އޯގަނައިޒަރ : އެލްމިނިއަމުން ހަދާފައިވާ މި ބޭސްފޮށީގައި ހަތް ގޮޅި ހުރެއެވެ. މި ގޮޅިތައް ހުންނަނީ އެއްބައި އަނެއްބައި ހަރުކޮށްފައި ބޭސް ގުޅައެއްގެ ބައްޓަމަށް ހަދާފައެވެ. ކޮންމެ ގޮޅިއެއްގައިވެސް ހަފްތާގެ ދުވަސްތަކުގެ ނަން ޖަހާފައި ހުންނައިރު، އެއް ގޮޅީގައި 8 ފިޝް އޮއިލް ނުވަތަ 16 ބޮޑު ވައިޓަމިން ގުޅަ ބެހެއްޓޭ ކަމަށް ބްރޭންޑުން ބުނެއެވެ. މިފޮށި ބަންދުކުރީމާ ވައި ނުވަދެ، ތެތްކަމުންވެސް ބޭސްތައް ރައްކާތެރިކޮށްދެއެވެ. މީގެ 6 ކުލަ ލިބެން ހުރެއެވެ.

- ޒޮކްސީ ވީކްލީ ޕިލް އޯގަނައިޒަރ : ހެނދުނާއި ރޭގަނޑު ބޭސް ނުވަތަ ސަޕްލިމެންޓްސް ބޭނުންކުރަން ޖެހޭ ފަރާތްތަކަށް މި ބޭސްފޮށްޓަކީ ރަނގަޅު އުފެއްދުމެލެވެ. މިއީ ބޭރުން ބަންދުކުރެވޭ ބޮޑު ފޮއްޓެއްގެ ތެރޭގައި ހަތް ކުޑަ ކޮންޓެއިނަރ ހުންނަ ފޮށްޓެކެވެ. ކޮންމެ ކުޑަ ކޮންޓެއިނަރެއްގައި ދެ ގޮޅި ހުންނައިރު، ކޮންމެއެއްޗެއް ހުންނަނީ އެކި ކުލައިގައެވެ. ކޮންމެ ކުޑަ ކޮންޓެއިނަރެއްގެ އެއް ފަރާތުގައި ހަފްތާގެ ދުވަހެއްގެ ނަން ޖަހާފައި ހުންނާނެއެވެ. ހަފްތާއަކަށް ދަތުރަށް ދާނަމަ ބޮޑު ކޮންޓެއިނަރ ހިފައިގެން ދެވޭނެއެވެ. ކުރު ދަތުރެއްނަމަ ކުޑަ ކޮންޓެއިނަރތަކުގެ ތެރެއިން ބޭނުންވާ އަދަދެއް ހިފައިގެން ދެވިދާނެއެވެ.

- ބެކްސީން ޓްރެވަލް ޕިލް އޯގަނައިޒަރ : ބޭސް ހިފައިގެން ދަތުރުކުރާނަމަވެސް، ދުވަހުގެ ނަން ނުޖަހާ ބޭސް ބަހައްޓަން ޖެހޭނަމަ މި އޯގަނައިޒަރ ބޭނުންކުރެވިދާނެއެވެ. މިއީ މޮބައިލް ފޯނެއްހާ ބޮޑު ފޮއްޓެކެވެ. މި ފޮއްޓުގައި ބޭސް ބަހައްޓަން 8 ގޮޅި ހުރެއެވެ. އަދި ކޮންމެ ގޮޅިއެއްގައި ހުންނަ ބޭސްތައް ފާހަގަކުރުމަށް ލޭބަލްތަކެއްވެސް ދީފައި ހުރެއެވެ.

ދަތުރުފަތުރުގެ ތެރޭގައި ބޭސްތައް ރައްކާތެރިކޮށް ތަރުތީބުކަމާއެކު ބެހެއްޓުމަށް މިފަދަ ބޭސްފޮށިތަކަކީ ވަރަށް މުހިންމު އެހީތެރިކަމެއް ފޯރުކޮށްދޭ އެއްޗެކެވެ. އަދި މިހުރިހާ ބާވަތެއްވެސް އޮންލައިން އެކި ސައިޓްތަކުގެ އިތުރުން އެމެޒޯން ގައި ލިބެންހުރެއެވެ. އަގުތަކަށް ބަލާލާއިރު މީގެން ކޮންމެ ފޮއްޓެއްގެ އަގުވެސް 20 އެމެރިކާ ޑޮލަރަށްވުރެން ދަށެވެ.

