ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކައިލާން ޓްރެންޑްސްގެ އަހަރީ ބޮޑު ސޭލް، އަންނަ ޑިސެންބަރު މަހުގެ ދެވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ އައު އަހަރުގެ ހަދިޔާ ދިނުމަށާއި، ބޭނުންވާ ތަކެތި ބޮޑެތި ޑިސްކައުންޓުތަކާއެކު ގަތުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
ކައިލާން ޓްރެންޑްސް ހުޅުވުނު ފަހުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މި މަޝްހޫރު އަހަރީ ސޭލް، މި އަހަރުވެސް ކުރިއަށް ދާނީ 50 ޕަސެންޓާ ހަމައަށް ޚާއްސަ ޑިސްކައުންޓުތަކަކާއެކުއެވެ. މި ސޭލް ކުރިއަށްދާނީ ޑިސެންބަރު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެ މެންދުރުފަހު 13:30 އިން އަސުރު ނަމާދު ވަގުތާ ހަމައަށް، އަދި ހަވީރު 16:00 އިން 18:00 އަށް، އެއަށްފަހު ރޭގަނޑު 20:00 އިން 23:00 އަށް ވިޔަފާރިކުރުމުގެ ފުރުސަތު ހުޅުވައިލާނެއެވެ.
ކައިލާން ޓްރެންޑްސްއިން ބުނި ގޮތުގައި މިއީ އާއިލާ މެމްބަރުންނާއި ރަޙުމަތްތެރިންގެ އިތުރުން ލޯބިވާ މީހުންނަށް އައު އަހަރުގެ ހަދިޔާ ދިނުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ކައިލާން ޓްރެންޑްސްގެ އަހަރީ ސޭލްގައި ކައިލާންއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކާ ވަރަށް ގިނަ ބާވަތްތަކުގެ މުދާ ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އަދި އެހެން ފަހަރުތަކެކޭ އެއްފަދައިން، ސްޓޮކް ހުސްވަންދެން ހުރިހާ މުދަލެއްވެސް ލިބޭނެ ކަމަށް އެ ފިހާރައިން ހާމަކުރެއެވެ.
ކައިލާން ޓްރެންޑްސްއަކީ 2009 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ "ކައިލާން" ފިހާރައިގެ ސަބް ބްރާންޗެކެވެ. އެ ކުންފުނިން އިންޓަނޭޝަނަލް ކޮސްމެޓިކްސް ބްރޭންޑުތައް ހޯލްސޭލް އަދި ރީޓެއިލްކުރެއެވެ. ކައިލާން ޓްރެންޑްސްއިން ވިއްކާ ސެންޓާއި ކޮސްމެޓިކްސްއާއެކު، އެހެނިހެން އެތައް ބާވަތެއްގެ ތަކެތިވެސް މި ޚާއްސަ ޕްރޮމޯޝަންގެ ދަށުން ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން، ކައިލާން ޓްރެންޑްސްގެ ހުރިހާ ބާވަތެއްގެ ތަކެތިން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބޭނެއެވެ. މިއީ، ކަސްޓަމަރުންނަށް ކައިލާންއިން ބޭނުންވާ ތަކެތި ގިނަ އަދަދަކަށް ބާޒާރުކުރުމަށް ފަހުވެސް، ފައިސާގެ ބޮޑު ސިލްވަރެއް ސަލާމަތްކުރެވޭނެ ރަނުގެ ފުރުސަތެކެވެ.
މި ޚާއްސަ ސޭލްއާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް، 3307663 ނުވަތަ 9589170 އަށް ގުޅުމަށް ކައިލާންއިން ވަނީ އެދިފައެވެ.

