ހުޅުމާލޭގެ ރައްޔިތުންނަށާއި ހޮސްޕިޓަލިޓީ ދާއިރާގެ ވިޔަފާރިތަކަށް ތާޒާ ހަލާލު އެއްގަމު މަސް ފަސޭހައިން ފޯރުކޮށްދިނުމުގެ ގޮތުން، މަޝްހޫރު މީޓް ބްރޭންޑް "މީޓް ދަ ބުޗަރ" އިން ހުޅުމާލޭގައި އައު ފިހާރައެއް ހުޅުވައިފިއެވެ. ނިރޮޅު މަގު (ލޮޓް 11199) ގައި ހުޅުވާފައިވާ މި ފިހާރަގެ ސަބަބުން، މާލޭގައި މިހާރުވެސް ކާމިޔާބުކަމާއެކު ހިދުމަތްދެމުން އަންނަ މި ކުންފުނީގެ މަތީ ފެންވަރުގެ ތާޒާ އުފެއްދުންތައް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ރައްޔިތުންނަށް ފަސޭހައިން ލިބޭނެއެވެ.

"މީޓް ދަ ބަޗަރ" ގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ބާޒާރަށް ތާޒާ، މަތީ ފެންވަރުގެ އެއްގަމު މަސް ފޯރުކޮށްދިނުމުގެ އިތުރުން، ޕްރޮފެޝަނަލް ބަޗަރީގެ ހިދުމަތް ދިނުމެވެ.

މި ފިހާރައިން ލިބެން ހުންނަ ބީފްއާއި އެހެނިހެން އެއްގަމު މަހުގެ ބާވަތްތަކަކީ ކަސްޓަމަރުންގެ ވަކިވަކި ބޭނުންތަކާ އެއްގޮތަށް ކޮށާ، އެކި ބައިތަކަށް ބަހާލައިގެން ހިދުމަތްދެވޭ އުފެއްދުންތަކެކެވެ. މިކަމުގެ ސަބަބުން، އާންމު ބޭނުންތަކަށާއި ރެސްޓޯރެންޓްތަކަށް އެ ރެސިޕީއަކާ ގުޅޭ މަސް ފަސޭހަކަމާއެކު ހޯދޭނެއެވެ.

އުފެއްދުންތަކުގެ ތާޒާކަން ކަށަވަރު ކުރުމަށްޓަކައި، މަސް އެތެރެކޮށް، ރަނގަޅަށް ބަލަހައްޓައި، ފެންވަރު ރަނގަޅު ފްރިޖްކުރުމުގެ ނިޒާމެއްގެ ދަށުން ރައްކާކުރެވިފައި ހުންނާތީ މަހުގެ ތާޒާކަމާއި ފެންވަރު ދެމިހުންނާނެއެވެ. އެއްގަމު މަހުގެ ބާވަތްތަކުގެ އިތުރުން، މިތަނުން ސީފުޑް ވެސް ލިބެން ހުރެއެވެ.

މިތަނުން ލިބެން ހުންނަ ބާވަތްތަކުގެ ތެރޭގައި ބޯންލެސް ބީފް ކިއުބްސް، ރިބްއައި ސްޓޭކް، ބްލެކް އެންގަސް ގްރާސްފެޑް ބީފް ސޮސެޖް، ޕްރައިމް ރިބްސް (ބްރެޒިލް)، ބީފް ޓެންޑަރލޮއިން، ޓީ-ބޯން ސްޓޭކް، ލޭމްބް ޝޭންކް، މަޓަން ކިއުބްސް، ކޯލްޑް ކަޓްސް، އަދި ސީފުޑްގެ އިތުރުން އެހެން ގިނަ ވެރައިޓީތައް ހިމެނެއެވެ.

ރާއްޖޭގައި މިވަގުތު ކޮލިޓީ ބީފްއާއި ލޭމްބް ފަދަ މަހުގެ ބާވަތްތައް ހޯދުމަކީ ބައެއްފަހަރު ގޮންޖެހުންތަކެއް ހުރި ކަމެކެވެ. ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ހުޅުމާލެއަކީ މާލެއާ ކައިރީގައި އޮތް ބޮޑު އާބާދީއެއް ކަމަށްވާއިރު، "މީޓް ދަ ބުޗަރ" އިން ހުޅުމާލޭގައި އައު ފިހާރައެއް ހުޅުވުމަކީ، މި ސަރަހައްދުގެ ރައްޔިތުންނަށް ތާޒާ މަސް ފަސޭހައިން ލިބުމަށް މަގުފަހިކޮށްދޭނެ މުހިންމު ކަމެކެވެ.

ފިހާރަ ހުންނަނީ ހުޅުމާލޭގެ ނިރޮޅު މަގު (ލޮޓް 11199) ގައެވެ. އޯޑަރުކުރުމަށް 7369900 އަށް ގުޅުއްވައިގެން ޑެލިވަރީ ހިދުމަތް މާލޭ ސަރަހައްދުގެ އިތުރުން ހުރިހާ ރަށަކަށްވެސް ލިބެއެވެ. "މީޓް ދަ ބަޗަރ" އިން ހަލާލު އުފެއްދުންތަކާއި ޕްރޮފެޝަނަލް ބުޗަރީގެ ހިދުމަތް ދިނުމަކީ، ތާޒާ އުފެއްދުންތަކަށް ޚާއްސަ އިސްކަމެއް ދޭ ފަރާތްތަކަށް، ރަނގަޅު ކޮލިޓީގެ މަސް ހޯދުމަށް ލިބިގެންދާ ފަސޭހައެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *