ދިރާގުން ކުރިއަށްގެންދާ މަޝްހޫރު 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން، ދެ ސްޕީޑްބޯޓު ހޯދުމުގެ ފުރުސަތު ދެ ގުނަ ކޮށްދޭ ޚާއްސަ އޮފާގެ މުއްދަތު އަންނަ އާދިއްތަ ދުވަހު ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ. މި އޮފާއަކީ މި އަގުހުރި އިނާމު ހާސިލުކުރުމަށް ކަސްޓަމަރުންނަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
މި ޚާއްސަ އޮފާގެ ދަށުން، ނޮވެމްބަރު މަހުގެ ނިޔަލަށް ޕްރޮމޯޝަނުގައި އެންރޯލްކުރާ ކަސްޓަމަރުންގެ ފޯނު ނަމްބަރު ހަތަރު ފަހަރު އެންރޯލްކޮށްދެވޭނެއެވެ. މިއީ ލޯންޗު ލިބުމުގެ ފުރުސަތު ހަތަރު ގުނަ ކޮށްދޭނެ ކަމަށް ދިރާގުން ބުނާ އޮފާއެކެވެ.
މި އޮފާގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓްރީކޮށްގެންވެސް މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރު ކުރެވޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް އަލަށް ރަޖިސްޓްރީކުރާ ކަސްޓަމަރުންނަށްވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމުތައް ހާސިލުކުރުމުގެ މަގު ފަހިވާނެއެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން، ދިރާގު ޕްރީޕެއިޑާއި ޕޯސްޓްޕެއިޑްގެ އިތުރުން ލިމިޓެއް ނެތް ފައިބާ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޓްޕެއިޑްގެ 450ރ. އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި، ފިކްސްޑް ބްރޯޑްބޭންޑްގެ 40 އެމްބީޕީއެސް އިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި، މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540ރ. އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށެވެ. އަދި ދިރާގާ އަލަށް ގުޅި މި ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. މި ބޯޓުތަކަކީ ޔަމަހާގެ 250 ހޯސްޕަވަރުގެ ވަރުގަދަ އިންޖީނެއް އަޅާފައިވާ ބޯޓުތަކެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ދިރާގުގެ "ވިން އަ ސްޕީޑްބޯޓު" ޕޯޓަލް މެދުވެރިކޮށް އެންރޯލް ކުރެވޭނެއެވެ.

