ދަތުރުފަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާއި އެކު ގެންގުޅެވޭ ދަބަސްތަކެއް "އެއަރިސް" ގެ ނަމުގައި ވަނީ ތަޢާރަފްކޮށްްފައެވެ. މިއީ ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ ތަފާތު އެކި ބާވަތުގެ ދަބަސް އުފައްދާ ބްރޭންޑެކެވެ. 2025 ވަނަ އަހަރު ރަސްމީކޮށް އިފްތިތާޙް ކުރެވުނު އެއަރިސްގެ އަމާޒަކީ ދަތުރުފަތުރުގެ ކަންކަން ފަސޭހަކޮށް، ޒަމާނީ ރީތި ބާވަތްތަކާއެކު، ހިތްހަމަޖެހޭ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ. މިއީ މުޅިން އީ-ކޮމާސް މަރުކާއެކެވެ. ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ދިނުމާއެކު، ސްޓައިލިޝް އަދި ބޭނުންތެރި ދަތުރުފަތުރަށް ބޭނުންކުރެވޭ އަތްދަބަސް ބޭނުންވާ ފަރާތްތަކަށް މިއީ މުހިންމު ބޭނުންތެރި އުފެއްދުމެކެވެ.
އެއަރިސްގެ ޚާއްސަ ދަބަސްތައް
އެއަރިސްއިން ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ދެ ބާވަތެއްގެ ދަބަހެވެ.
- ދަ ޑަފަލް : މިއީ ދެ ބޭނުމަކަށް ބޭނުންކުރެވޭ، ފަތްޖެހޭ ޓްރެވަލް / ކެބިން / ކެރީ-އޮން ދަބަހެކެވެ. ކުރު ދަތުރުތަކަށް ނުވަތަ ދިގު ދަތުރުތަކަށްވެސް މިއީ އެންމެ އެކަށީގެންވާ ދަބަހެވެ. މަތީ ފެންވަރުގެ ޕީ.ޔޫ ލެދަރާއި ވޯޓަރޕްރޫފް ނައިލޮނުން ތައްޔާރުކޮށްފައިވާ މި ދަބަހަކީ ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރަށާއި މޫސުމަށް އެކަށީގެންވާ ގިނަދުވަހު ގެންގުޅެވޭ ދަބަހެކެވެ. މިދަބަހުގެ އެންމެ ޚާއްސަ ތަންކޮޅަކީ އިސްތިރިކޮށްގެން ފަށްޖަހާފަވެސް ހެދުން ޕެކްކޮށްލައިގެން ގެންދެވުމެވެ. އެހެންކަމުން މިއީ އުމްރާ ފަދަ އަޅުކަމުގެ ދަތުރުތަކަށްވެސް އެންމެ އެކަށީގެންވާ ދަބަހެވެ. އަބާޔާ ފަދަ ދިގު ހެދުން ޕެކްކޮށްލެވޭ ގޮތަށް ފަރުމާކޮސްފައިވާ މިދަބަހަކީ ފަސޭހައިން ފަށްޖަހާލެވޭ ދަބަހެކެވެ. މީގެ އިތުރުން، ފައިވާން ލާ ބޭގެއްވެސް މިދަބަހާއެކު ހިލޭލިބެއެވެ. ބެއިޖް އަދި ކަޅު ކުލައިން މި ދަބަސް ލިބެން ހުންނާނެއެވެ.

- ދަ ކްރޮސްބޮޑީ: މިއީ ޒަމާނީ ސްޓައިލްގެ ސައިޑް ދަބަހެކެވެ. ފެންނުވަންނަ ޕީ.ޔޫ ލެދަރާއި، އިތުރު ސަލާމަތަށް ޕާސްވޯޑް ލޮކެއް މި ދަބަހުގައި ހިމެނެއެވެ. މި ދަބަސް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި، ޔޫ.އެސް.ބީ ޗާރޖްކުރެވޭ ޕޯޓަކާއި، އެޑްޖަސްޓްކުރެވޭ ޗެސްޓް ބަކަލެއް ހިމެނެއެވެ. ދަތުރުފަތުރުކުރާ މީހުންނަށް އަތްމަތީ ގެންގުޅެލަން މިއީ ލުއި އަދި ފަސޭހަ އުފެއްދުމެކެވެ. ބްރައުން ބްލެކް އަދި ފުލް ބްލެކް ކުލައިން މި ދަބަސް ލިބެން ހުންނާނެއެވެ.

އެއަރިސް އިޚްތިޔާރު ކުރާންވީ ކީއްވެ؟
އެއަރިސްއަކީ ދަތުރުފަތުރުކުރާ މީހުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ ބްރޭންޑެކެވެ. ރަށްރަށަށް ދަތުރުކުރުމަށްވިޔަސް، ޗުއްޓީ ހޭދަކޮށްލުމަށްވިޔަސް، ބިޒްނަސް ދަތުރުތަކަށްވިޔަސް ނުވަތަ އާންމު ބޭނުންތަކަށްވިޔަސް އެއަރިސްގެ އުފެއްދުންތަކަކީ އެންމެ އެކަށީގެންވާ އުފެއްދުންތަކެކެވެ.
- ގިނަދުވަހަށް ދެމިގެންދާ އަދި ޒަމާނީ ޑިޒައިނެއް : އެއަރިސްގެ ދަބަސްތަކަކީ ފެނާއި، އަވިން ގެއްލުން ނުލިބޭ ގިނަދުވަހަށް ގެންގުޅެވޭ ސްޓައިލިޝްކަން އުފެއްދުންތަކެކެވެ.
- ފަސޭހަކަން: ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ހިލޭ ޑެލިވަރީ ޚިދުމަތް ލިބެން ހުރުމުގެ އިތުރުން، ފޭސްބުކް، އިންސްޓަގްރާމް، ވައިބަރ ނުވަތަ ވޮޓްސްއެޕް މެދުވެރިކޮށް ފަސޭހައިން އޯޑަރުކުރެވޭނެއެވެ.
- ހިތްހަމަޖެހުން: ޕެކްކުރާ ހެދުމަށް ރޫނުޖެހި ، ސެކިއުރިޓީ ލޮކްތަކާއި، ވަކިން ފައިވާން ކޮތަޅު ހުރުމާއި، ޗާރޖްކުރެވޭނެ ޔޫ.އެސް.ބީ ޕޯޓްތައް ހުރުމުން، ހިތްހަމަޖެހުމާއެކު ދަތުރުކުރެވޭނެއެވެ.
ކުރިއަށް އޮތީ ކޮން ކަމެއް؟
އެއަރިސްއިން މިހާރުވެސް ދަނީ 2026 ވަނަ އަހަރަށް އާ އުފެއްދުންތައް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ވައިބްއާ ގުޅޭ އަދި އެހެނިހެން ބޭނުންތަކަށްވެސް އެކަށީގެންވާ އިތުރު ޒަމާނީ ދަތުރުފަތުރުގެ އުފެއްދުންތަކެއް ފެނިގެންދާނެއެވެ.

