ލެޕްޓޮޕްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކުގެ އިތުރުން ސޮފްޓްވެއާގެ ވިޔަފާރިކުރުމުގައި ރާއްޖޭގައި މަޝްހޫރު 'މެކްސްކޮމް ކޮމްޕިއުޓާސް’އިން، ކޮންމެ އަހަރަކުވެސް އަހަރު ނިމޭ ހިސާބުގައި ބާއްވަމުން އަންނަ ޚާއްސަ އަގުތަކާއެކު އަހަރު ނިމޭ ސޭލް ރަސްމީކޮށް ފަށައިފިއެވެ. މި ސޭލަކީ އާންމުންގެ ތެރޭގައި ވަރަށް މަގުބޫލު ޕްރޮމޯޝަނެކެވެ.

މެކްސްކޮމްއިން މައުލޫމާތު ދޭ ގޮތުގައި، މި ޕްރޮމޯޝަންގެ ދަށުން ދުނިޔޭގެ މަޝްހޫރު 'ޑެލް' ބްރޭންޑާއި 'އެމްއެސްއައި' ބްރޭންޑުގެ ޑެސްޓޮޕްތަކާއި، ލެޕްޓޮޕްތަކުގެ އިތުރުން އެކި ބޭނުންތަކަށް ބޭނުންވާ އެކްސެސަރީތައް ވަރަށް ބޮޑެތި ޑިސްކައުންޓްތަކާއެކު ލިބޭނެއެވެ. ހަމައެހެންމެ، ޑެލްގެ އެންމެ ފަހުގެ ޕްރޯ ސީރީޒްގެ ޑެސްކްޓޮޕްތަކާއި، ލެޕްޓޮޕް އަދި ކޮމްޕިއުޓަރުތައް ޚާއްސަ 3 އަހަރުގެ ވޮރެންޓީއާއެކު ލިބެން ހުންނާނެ ކަމަށް ވެސް މެކްސްކޮމްއިން ބުންޏެވެ.

މި ސޭލްގެ ތެރެއިން ލެޕްޓޮޕްތައް ގަންނަން ލިބޭނެ އަގުތައް ފެށިފައިވަނީ 8،900 ރުފިޔާއިން ކަމަށް މެކްސްކޮމްއިން ހާމަކުރެއެވެ. މެކްސްކޮމްއަކީ ޑެލްގެ އިތުރުން، ވާވޭ، އެމްއެސްއައި، ވާޓިވް، އެކްސްޓެލް އަދި ޑީޓެކްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. އަހަރު ނިމުމުގެ މި ޚާއްސަ ސޭލަކީ އާ ކޮމްޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއްކަމަށް ބެލެވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *