ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް، އައިކެއާ އޮޕްޓިކަލްސް އިން ރޯދަ އުމްރާ ދަތުރެއް ދޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި އެކަކަށް ދެ މީހެއްގެ ރޯދަ އުމްރާ ދަތުރެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް 1،000ރ. އިން މަތީގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަން ފުރިހަމަ ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެކަކަށް ދެ މީހެއްގެ ރޯދަ އުމްރާ ދަތުރެއްގެ ފުރުސަތު އިނާމަކަށް ލިބޭނެއެވެ.

އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ހޮސްޕިޓަލުން ވިއްކާ ބައެއް ބްރޭންޑުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓު ވެސް ލިބޭނެ އެވެ. މީގެ އިތުރުން، 3،000ރ. އިން މަތީގެ އައިނު ހައްދާ ކަސްޓަމަރުންނަށް 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ދޫކުރާނެ އެވެ. މި ގިފްޓް ވައުޗަރު ބޭނުންވާ ނަމަ އެހެން މީހަކަށް ހަދިޔާ ވެސް ކުރެވިދާނެ އެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭ ނަސީބުވެރިއެއް ހޮވުމަށް ހަމަޖެހިފައި ވަނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *