މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ "ކަށަވަރު ޕްރޮމޯ 2025″ ފަށައިފި އެވެ.

މާލޭގައި ހުންނަ އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަށަވަރު ޕްރޮމޯ 2025″ ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ ސިނާން އަލީ އެވެ.

އޮޑިވެރިންނާއ،ި މަސްވެރިންނާއ،ި އިންޖިނިއަރުންނާއ،ި ފަތުރުވެރިކަމާއި އަދިޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން މިއަދުން ފެށިގެން 31 ޑިސެމްބަރު 2025 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓާއެކު އެމްޓީސީސީގެ ޕްރޮޑަކްޓްތައް ލިބޭނެ މަގު ފަހިކޮސްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން ސުޒުކީ އަދި ޔަންމާ އިންޖީނާއ،ި ޕީޕީޖ،ީ ކާސްޓްރޯލް، އިންޑަސްޓްރިއަލްގޭސް، ސްޕެއާ ޕާޓްސް މެރޯލް ސްޓީއަރިންގ ސިސްޓަމް އަދި ނަކަޝީމާ ޕްރޮޕެލާ ފަދަ ޕްރޮޑަކްޓްތަކުން މިޕްރޮމޯގެ ދަށުން ޑިސްކައުންޓް ލިބޭނެ ކަމަަށް އެކުންފުނިން ބުނެއެވެ. އަދި މީގެ އިތުރުން މި ޕްރޮމޯށަނުގެ މުއްދަތުގެ ތެރޭގައި މުއްދަތުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނަކާއި، ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަނާ ގުޅިން އެ ކުންފުނިން ވަނީ އިތުރު ކަންތައްތަކެއްވެސް ރާވާފައެވެ. އެގޮތުން ގއ. ގދ. އަދި ށ. އަދި ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑް ތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *