ދިވެހިރާއްޖޭގެ މަޝްހޫރު ލަގްޒަރީ ރިސޯޓެއް ކަމަށްވާ، ކުޑަ ވިލިނގިލި ރިސޯޓް މޯލްޑިވްސް ، މުޅި ދުނިޔޭގައިވެސް މަޝްހޫރުވެފައިވާ ކޮންޑޭ ނާސްޓް ޓްރެވަލަރ މެދުއިރުމަތީގެ ރީޑަރސް ޗޮއިސް އެވޯޑްސް 2025 ގައި "ޓޮޕް 5ތް އޯވަރސީސް ލެޝަރ ރިސޯޓް (ގްލޯބަލް ކެޓަގަރީ)" ގެ ގޮތުގައި ހޮވިއްޖެއެވެ. މިއީ ދަތުރުފަތުރުގެ ދާއިރާއިން ދެވޭ އެންމެ އިތުބާރު ހުރި އެވޯޑްތަކުގެ ތެރެއިން އެއް އެވޯޑް ކަމަށާއި، މި އެވޯޑަށް ހޮވާފައިވަނީ މެދުއިރުމަތީގެ ދަތުރުވެރިންގެ ވޯޓުން ކަމަށް ކުޑަ ވިލިނގިލި ރިސޯޓުން ހާމަކޮށްފައިވެއެވެ.

ކޮންޑޭ ނާސްޓް އާއި ގުޅިފައިވާ އެވޯޑްތަކުން ކުރިންވެސް ގިނަ ޝަރަފުތަކެއް ހޯދާފައިވާ ދިވެހިރާއްޖޭގެ މި ފަސްތާރީގެ މޮޅު ރިސޯޓް، ކުޑަ ވިލިނގިލި އަންނަނީ މެހެމާނުންގެ ތާއީދާއެކު މިފަދަ ކާމިޔާބީތައް ހޯދަމުންނެވެ. މިއަހަރުގެ ތެރޭގައި ކޮންޑޭ ނާސްޓް ޓްރެވަލަރ ޔޫ.އެސް ރީޑަރސް ޗޮއިސް އެވޯޑްސް 2025 ގައި، ހިންދު ކަނޑުގެ އެންމެ މޮޅު ރިސޯޓްތަކުގެ ތެރެއިން ވެސް ކުޑަ ވިލިނގިލި ހޮވިފައިވެއެވެ. މިއީ އެއް އަހަރުގެ ތެރޭގައި މި ރިސޯޓަށް ކޮންޑޭ ނާސްޓްގެ ފަރާތުން ލިބުނު ދެވަނަ ބޮޑު އެވޯޑެވެ. މިފަދަ ދެ އެވޯޑް ލިބިފައިވުމުން ދައްކައިދެނީ، މި ރިސޯޓަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ މަޤުބޫލުކަމާއި، މެހެމާނުންނަށް އެންމެ މޮޅު ހިދުމަތް ދިނުމަށް އަބަދުވެސް އޮންނަ ކުޑަ އަޒުމެވެ.

އެއް އަހަރުގެ ތެރޭގައި ކޮންޑޭ ނާސްޓް ޓްރެވަލަރގެ ދެ ގްލޯބަލް އެޑިޝަން އިން މިފަދަ ޝަރަފެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މެދުއިރުމަތީގެ ރީޑަރސްގެ ވޯޓުން ދުނިޔޭގެ އެންމެ މޮޅު ލެޝަރ ރިސޯޓްތަކުގެ ތެރޭގައި ހޮވުމަކީ ޚާއްސަކޮށް ލިބުނު ބޮޑު ފަހުރެއް، ސަބަބަކީ މި ސަރަހައްދަކީ އަޅުގަނޑުމެންގެ މެހެމާނުންގެ މުޖުތަމަޢުގެ މުހިންމު ބައެއް ކަމަށްވާތީ،. މި އެވޯޑުތަކުން އަޅުގަނޑުމެންގެ ޚާއްސަ ލަގްޒަރީއާއި، ހަނދާން ނައްތާނުލެވޭ ފަދަ ރަށްރަށުގެ ތަޖުރިބާތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެންގެ އޮންނަ ޢަޒުމް އަނެއްކާވެސް ހަރުދަނާކޮށްދޭ ކަމެއް : ކުޑަ ވިލިނގިލި ރިސޯޓްގެ ކޮމާޝަލް ޑިރެކްޓަރ، އަމްޖަދު ތައުފީޤް ވިޒިޓް މޯލްޑިވްސް އަށް ދެއްވާފައިވާ އިންޓަރވިއު

މި އެވޯޑުތަކަކީ ކުޑަ ވިލިނގިލި ރިސޯޓަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީތަކެކެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ތަފާތު ތަޖުރިބާއެއް ކުރެވޭ ތަނެއްގެ ގޮތުގައި މެދުއިރުމަތީގެ ދަތުރުވެރިންނަށް ކުޑަ ވިލިނގިލި އިތުރަށް މަޤުބޫލުވެގެންދާނެއެވެ. އެއީ ހިމޭންކަމާއި، ޒަމާނީ ކަމާއި، ދިރިއުޅުމުގައި ލިބޭ ތަޖުރިބާތައް އެއްކޮށްލާފައިވާ ރިސޯޓެކެވެ. މާލެއިން ސްޕީޑްބޯޓުގައި އެންމެ 30 މިނިޓުން ދެވޭ ދުރުމިނުގައި އޮންނަ ކުޑަ ވިލިނގިލި ރިސޯޓަކީ، ޖީ.ސީ.ސީގެ ޤައުމުތަކުގެ މެހެމާނުންގެ މެދުގައި ވަރަށް މަޤުބޫލު ތަނެކެވެ. އެއީ ފަސޭހައިން ދަތުރުކޮށްލެވޭ، އަދި ޚާއްސަ ހިދުމަތްތައް ލިބޭ ތަނަކަށް ވާތީއެވެ. މި ރިސޯޓްގެ ބޮޑު ބަޔަކަށް ފެތުރިފައިވާ ތަނަވަސްކަމާއި، ރީތި ގުދުރަތީ މާހައުލަކީ ހިމޭން ޗުއްޓީތަކަށާއި، އެތައް ޖީލެއްގެ އާއިލާތަކުގެ ޗުއްޓީއަށާއި، ރޮމޭންޓިކް ދަތުރުތަކަށާއި، ސިއްހަތަށް ރަނގަޅު މާހައުލެއް ބޭނުންވާ ފަރާތްތަކަށާއި، އާއިލާއާ އެކު އުޅޭ ފަރާތްތަކަށް ވެސް އެންމެ ފުރިހަމަ މާހައުލެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *