ރާއްޖޭގެ އެންމެ ބޮޑު މޯބައިލް ކޮމިއުނިކޭޝަންސް ޕްރޮވައިޑަރ ދިރާގުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށް، ހަލުވި ސްޕީޑުގައި ބޭނުންވަރަކަށް މޯބައިލް ޑޭޓާ ބޭނުންކުރެވޭ "ލިމިޓްލެސް ބޫސްޓާސް"ގެ ނަމުގައި އާ ޕެކޭޖުތަކެއް ތަޢާރަފުކޮށްފިއެވެ. މި ޚިދުމަތުގެ ސަބަބުން ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި، މި ބޫސްޓަރު ޕެކޭޖުތަކަކީ އެ ކުންފުނީގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ޕެކޭޖުތަކެކެވެ. މި ޕެކޭޖުތަކުގެ އެހީގައި، ޑޭޓާ ލިމިޓަކާ ނުލައި، އެންމެ ހަލުވި ސްޕީޑުގައި އިންޓަނެޓު ބޭނުންކުރުމުގެ ފުރުސަތު މިހާރު ލިބިގެންދާނެއެވެ.

ތަފާތު މުއްދަތުތަކަށް ޚާއްސަކޮށް ތަޢާރަފުކޮށްފައިވާ "ލިމިޓްލެސް ބޫސްޓަރު" ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ:

    • ލިމިޓްލެސް (އެއް ދުވަސް) – 100 ރުފިޔާ
    • ލިމިޓްލެސް (ތިން ދުވަސް) – 250 ރުފިޔާ
    • ލިމިޓްލެސް (ހަތް ދުވަސް) – 500 ރުފިޔާ
    • ލިމިޓްލެސް (15 ދުވަސް) – 999 ރުފިޔާ

މި ޕެކޭޖުތައް އެކްޓިވޭޓް ކުރުމަށްޓަކައި، ކަސްޓަމަރުންނަށް 343 އަށް އެސްއެމްއެސްއެއް ފޮނުވައިގެން ނުވަތަ ދިރާގު މޯބައިލް އެޕްލިކޭޝަނަށް ވަދެ، އިޚުތިޔާރުކުރަން ބޭނުންވާ ޕެކޭޖު ނެގޭނެ ކަމަށް ދިރާގުން ވަނީ ހާމަކޮށްފައެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި، "ލިމިޓްލެސް ބޫސްޓަރު" ޕެކޭޖުތަކުގެ އެހީގައި، ސްޓްރީމްކުރުމާއި، ގޭމް ކުޅުމާއި، ކޮންމެ ތަނެއްގައި ހުރެގެން މަސައްކަތް ކުރުން ފަދަ ކަންކަން ކުރުމަށް ގިނައިން ޑޭޓާ ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އަދި ހަލުވި ދުވެލީގައި އިންޓަނެޓުގެ ޚިދުމަތް ލިބޭނެއެވެ.

މުޅިން އަލަށް މާކެޓަށް ތަޢާރަފުކުރި މި ޚިދުމަތަކީ ދިރާގުގެ އަންލިމިޓެޑް ޕްލޭންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ދިރާގުން މިކަން ކުރިއަށް ގެންދަނީ ކަސްޓަމަރުންނަށް އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *