ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ނިންމައިލީ ބޮޑު ގެއްލުމެއްގައެވެ. އެގޮތުން ހަތަރު ކުއާޓަރުވެސް ގެއްލުމުގައި ހިންގި އިރު، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ފަހު ކުއާޓަރުގައެވެ. އެއީ 70.4 މިލިއަން ރުފިޔާގެ ގެއްލުމެވެ.

އާރްޑީސީގެ މިދިޔަ އަހަރުގެ ގެއްލުން:

  1. ފުރަތަމަ ކުއާޓަރު: 39.35 މިލިއަން ރުފިޔާ
  2. ދެ ވަނަ ކުއާޓަރު: 54.43 މިލިއަން ރުފިޔާ
  3. ތިން ވަނަ ކުއާޓަރު: 64.12 މިލިއަން ރުފިޔާ
  4. ހަތަރު ވަނަ ކުއާޓަރު: 70.74 މިލިއަން ރުފިޔާ

އާރްޑީސީގެ ގެއްލުން މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 22 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން އާރްޑީސީ އަށް 2023 ވަނަ އަހަރު ވަނީ 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *