ދުނިޔޭގެ އިލެކްޓްރިކް ވެހިކަލް (އީވީ) ބާޒާރުގައި ބޮޑު ބަދަލެއް އަންނަމުންދާކަން ހާމަކޮށް، އެމެރިކާގެ މަޝްހޫރު ޓެސްލާ ކުންފުންޏަށްވުރެ ގިނައިން ކާރު ވިއްކައިގެން ޗައިނާގެ ބީ.ވައި.ޑީ ދުނިޔޭގެ އެއްވަނަ އީވީ އުފައްދާ ކުންފުނީގެ މަގާމަށް ދަތުރުކޮށްފިއެވެ.

ޝެންޒެންއަށް ނިސްބަތްވާ ބީ.ވައި.ޑީ އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރު އެ ކުންފުނީގެ ފުލީ-އިލެކްޓްރިކް ކާރުތަކުގެ ވިޔަފާރި ވަނީ 28 އިންސައްތަ ކުރިއަރާފައެވެ. އެއާއެކު އެ ކުންފުނިން 2.25 މިލިއަން ކާރު ވިއްކާފައިވާއިރު، އެނަލިސްޓުން ލަފާކުރާ ގޮތުގައި ޓެސްލާއަށް ވިއްކޭނީ ގާތްގަނޑަކަށް 1.65 މިލިއަން ކާރެވެ.

މިއީ އަހަރީ ގޮތުން ބަލާއިރު ބީ.ވައި.ޑީ އިން ޓެސްލާގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މިއީ އިލެކްޓްރިކް ކާރު އުފެއްދުމުގެ ދާއިރާގައި ޗައިނާގެ ބާރުވެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެކެވެ.

ޓެސްލާގެ ވިޔަފާރި ދަށްވަމުންދާ ސަބަބުތަކުގެ ތެރޭގައި، ޗައިނާގެ އުފެއްދުންތަކުގެ ވާދަވެރިކަން ބޮޑުވުމާއި، އެ ކުންފުނިން އަލަށް ނެރުނު މޮޑެލްތަކަށް ލިބުނު ތަރުހީބު ކުޑަވުން ހިމެނެއެވެ. މީގެ އިތުރުން، ޓެސްލާގެ ވެރިޔާ އީލޮން މާސްކްގެ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ބައެއް އިންވެސްޓަރުންނާއި ކަސްޓަމަރުންގެ މެދުގައި ކުންފުންޏާމެދު އޮތް އިތުބާރު ވަނީ ކުޑަވެފައެވެ. މިކަމާ ގުޅިގެން ޓެސްލާއިން ވަނީ ވިޔަފާރި ރަނގަޅު ކުރުމަށްޓަކައި އެ ކުންފުނީގެ މަގުބޫލު މޮޑެލްތަކުގެ އަގުހެޔޮ ވާޝަންތަކެއް މިދިޔަ އޮކްޓޯބަރު މަހު އެމެރިކާގެ ބާޒާރަށް ނެރެފައެވެ.

އީލޮން މާސްކްގެ އަމާޒަކީ ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޓެސްލާގެ އަގު ބޮޑުތަނުން މަތިކުރުމެވެ. މި އަމާޒުގެ ދަށުން އިންސާނުންގެ ސިފައަށް ހުންނަ ރޮބޮޓްތަކާއި އަމިއްލައަށް ދުއްވާ "ރޮބޯޓެކްސީ" ފަދަ ޚިދުމަތްތައް ފުޅާކުރުން ހިމެނެއެވެ.

ބީ.ވައި.ޑީގެ ވިޔަފާރި ކުރިއަރަމުންދާއިރު، އެ ކުންފުނިން ދަނީ ލެޓިން އެމެރިކާ، އިރުދެކުނު އޭޝިއާ އަދި ޔޫރަޕްގެ ގައުމުތަކަށް ވިޔަފާރި ފުޅާކުރަމުންނެވެ. މިގޮތުން އިނގިރޭސިވިލާތަކީ މިހާރު އެ ކުންފުނީގެ އެންމެ ބޮޑު ބޭރުގެ ބާޒާރެވެ. ބީ.ވައި.ޑީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ވާދަވެރި ކުންފުނިތަކަށްވުރެ ހެޔޮ އަގުގައި ކާރުތައް ބާޒާރަށް ނެރުމެވެ. ނަމަވެސް، ޗައިނާގެ އެހެން ކުންފުނިތައް ކަމަށްވާ އެކްސްޕެންގް  އަދި ނިއޯ އާ ދެމެދު އޮތް ވާދަވެރިކަމުގެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *