އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ ކެމްޕެއިންގެ 13 ވަނަ ނަސީބުވެރިޔާ އެ ކުންފުނިން  އިއުލާންކޮށްފިއެވެ.

މި ފަހަރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އައިޝަތު މުހައްމަދު ދީދީ އެވެ. މި ލަކީޑްރޯއިން ހޮވުމާއެކު އޭނާއަށް ވަނީ އުރީދޫގެ ފަރާތުންދޭ އުމްރާ ދަތުރެއް ކާމިޔާބުވެފައެވެ.

އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ މި ކެމްޕެއިންގެ ދަށުން، ކޮންމެ 20 ދުވަހަކުން އެއްފަހަރު ނަސީބުވެރި ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޖުމްލަ 19 ކަސްޓަމަރަކަށް 19 އުމްރާ ދަތުރު ދިނުމަށް ނިންމާފައިވާއިރު، ކެމްޕެއިންގެ އެންމެ ބޮޑު އިނާމު ނުވަތަ 'ގްރޭންޑް ޕްރައިޒް' އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެ މީހަކަށް ދެވޭ ހައްޖު ދަތުރެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫގެ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި ލަކީޑްރޯގައި ބައިވެރިވެވޭނެ ގޮތްތަކަކީ:

  • މިހާރުގެ ކަސްޓަމަރުން: 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށް ވުރެ މަތިން ބިލް ދެއްކުން، ރީޗާޖުކުރުން ނުވަތަ އެޑް-އޮން އެއް ބޭނުންކުރުން.
  • އަލަށް ގުޅޭ ކަސްޓަމަރުން: ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާއިން މަތިން ބިލް ދެއްކުން، ރީޗާޖުކުރުން ނުވަތަ އެޑް-އޮން އެއް ބޭނުންކުރުން.

އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ޚިދުމަތް ދޭން ފެށީ އޮގަސްޓު 1، 2005 ގައެވެ. ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ.

އުރީދޫން ހާމަކުރި ގޮތުގައި، މިހާރު ކުރިއަށްދާ "ލިވް އަންލިމިޓަޑް" ކެމްޕޭނަކީ އެ ކުންފުނީގެ ކާމިޔާބީގެ އަސްލު ކަމުގައިވާ ކަސްޓަމަރުންނާއި، ކެނޑިނޭޅި ޚިދުމަތް ދިނުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ކެމްޕެއިންގެ އިތުރު މައުލޫމާތު އުރީދޫގެ ރަސްމީ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ މަންސަތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *