ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގައި އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ކަމަށްވާ "ފަހިޕޭ" އިން ކައުންސިލްތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕޭމަންޓް ޕޯޓަލްއާއެކު، ރަށްރަށުގެ ކައުންސިލްތަކަށް ފައިސާ ބަލައިގަތުމާއި ހިސާބުތައް ބެލެހެއްޓުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންގޮސްފިއެވެ.ލައްކައަކަށްވުރެ ގިނަ މީހުން މިހާރުވެސް ބޭނުންކުރަމުންދާ ފަހިޕޭއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދޫކޮށްފައިވާ ޕޯޓަލްއެކެވެ.
ސީދާ ކައުންސިލްތަކަށް އަމާޒުކޮށްގެން ފަހިޕޭއިން ތައްޔާރުކޮށްފައިވާ މި ޒަމާނީ ޕޯޓަލްގެ ސަބަބުން، ކައުންސިލްތަކުން އެކި ކަންކަމަށް ބަލައިގަންނަ ފައިސާގެ ހިސާބުތައް ބެލެހެއްޓުން މިހާރު ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ފަސޭހަވެފައެވެ. ވަކިން ހާއްސަކޮށް، ނަގުދު ފައިސާއިންނާއި އެނޫންވެސް ގޮތްގޮތުން ލިބޭ ފައިސާގެ ރިޕޯޓުތައް ފަސޭހައިން ތައްޔާރުކޮށް ޑައުންލޯޑު ކުރެވޭނެ އިންތިޒާމު މި ޕޯޓަލްގެ ތެރެއިން ވަނީ ހަމަޖައްސާފައެވެ.
މި ޕޯޓަލް ބޭނުންކުރާ ކައުންސިލްތަކުގެ ކަސްޓަމަރުންނަށް ފަހިޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބިލްތަކަށް ފައިސާ ދެއްކޭނެއެވެ. އެގޮތުން ކައުންސިލުން ބިލް ޖަނަރޭޓް ކުރުމާއެކު ކަސްޓަމަރަށް ވަގުތުން ނޯޓިފިކޭޝަން ލިބޭނެއެވެ. އަދި ދައްކަންޖެހޭ ބިލްތަކާއި، ޖޫރިމަނާއެއް އޮތްނަމަ އެކަމުގެ ތަފުސީލުވެސް ސީދާ އެޕްގެ ތެރެއިން ބަލާލެވޭނެއެވެ.
ކައުންސިލްތަކުގެ އިދާރީ މަސައްކަތްތަކަށް ބަލާއިރު، މަހުން މަހަށް ތައްޔާރުކުރަންޖެހޭ ކުނި ފީ ފަދަ ރިކަރިން ބިލްތައް، އެންމެ ފިތަކަށް އޮބާލުމުން ހުރިހާ ކަސްޓަމަރުންނަށް ތައްޔާރުކޮށް ފޮނުވާލެވުމަކީ ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން ކަސްޓަމަރުންގެ މައުލޫމާތު މެނޭޖުކުރުމަކީވެސް މި ޕޯޓަލްގެ ތެރެއިން ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.
ފަހިޕޭއިން ބުނިގޮތުގައި، މި ޕޯޓަލްއަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރު) ގެ ދަށުން ކައުންސިލްތަކަށް މުޅިން ހިލޭ ދޫކުރާ ޚިދުމަތެކެވެ. މި ޚިދުމަތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކައުންސިލްތަކުން [email protected] އަށް މެއިލް ކުރުމަށް އެ ކުންފުނިން އެދެއެވެ.
ފަހިޕޭއިން މިހާރުވެސް ދަނީ ރިލޯޑު، ރާސްޓަސް، މޯބައިލް ބިލް، އިންޓަނެޓް، ކޭބަލް ޓީވީ އަދި ކަރަންޓު ބިލް ފަދަ ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ފަހިޕޭ އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން މިހާރު ޑައުންލޯޑު ކުރެވޭނެއެވެ.

