ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މެގަޗިޕް ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ ގިވްއަވޭގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.
މި ގިވްއަވޭގެ ނަސީބުވެރިއަކަށް ހޮވިފައިވަނީ ހަސަން އާލިފް އަބްދުލް ގަނީއެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ގޭމް ކުޅުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ބްރޭންޑެއް ކަމަށްވާ އޭލިއަންވެއާގެ އަގުހުރި ގޭމިން ބަންޑްލްއެކެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި ބަންޑްލްގެ ތެރޭގައި ހިމެނެނީ:
- އޭލިއަންވެއާ 34 އިންޗީގެ ކާވްޑް ގޭމިން މޮނިޓަރެއް
- އޭޑަބްލިއު ވަޔާޑް ގޭމިން ހެޑްސެޓެއް
- އޭޑަބްލިއު 420ކޭ ޓެންކީލެސް ގޭމިން ކީބޯޑެއް
- އޭޑަބްލިއު ވަޔާލެސް ގޭމިން މައުސްއެއް
މި ހަރަކާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
ޑީޖީޖީއިން އަންނަނީ ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އަގުހުރި އިނާމުތަކާއެކު ތަފާތު އެކި މުބާރާތްތަކާއި ހަރަކާތްތައް ރާވައި ހިންގަމުންނެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ގޭމަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

