ދިރާގުގެ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް" ޕްރޮމޯޝަންގެ ދަށުން ހުށަހަޅާފައިވާ ފުރަތަމަ ލޯންޗުގެ ނަސީބުވެރި ފަރާތް އިޢުލާންކޮށްފިއެވެ.
ހުކުރުދުވަހު ހަވީރު ހުޅުމާލެ ފޭސް 2 ގެ ދިރާގު ބީޗުގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ކ. މާލެ، ޢަބްދުﷲ ސަޢީދެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނު އަޅާފައިވާ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ލޯންޗެކެވެ. މިއީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ލޯންޗެކެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ޢަލީ ރިޔާޒް ވިދާޅުވީ، މިފަދަ ޕްރޮމޯޝަންތަކަކީ ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ތަޖުރިބާކޮށްލުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުޚީބަށްޓަކައި އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަޅުގަނޑުމެންގެ މި ޕްރޮމޯޝަނަށް ތިޔަ ހުރިހާ ބޭފުޅުން ދެއްވި ތަރުޚީބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިފަދަ ޕްރޮމޯޝަންތަކުން ލިބޭ ފުރުޞަތުތަކަކީ އަޅުގަނޑުމެންގެ ޚިދުމަތްތައް ތިބޭފުޅުންނަށް އެކްސްޕީރިއަންސް ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއް. އަޅުގަނޑުމެންގެ މި ސީރީޒްގެ 3 ވަނަ ޕްރޮމޯޝަން މިއީ،
ރިޔާޒް
މި ޕްރޮމޯޝަންގެ ދަށުން ދެވަނަ ލޯންޗެއް ހޯދުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ. ދިރާގުން ބުނީ ދެވަނަ ލޯންޗު ކާމިޔާބު ކުރުމުގެ ފުރުޞަތު 31 މާރިޗު 2026 ގެ ނިޔަލަށް އޮންނާނެ ކަމަށާއި، އޭގެ ގުރުއަތުލުން އޮންނާނީ ޖޫން 2026 ގައި ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:
- ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުންނަށް.
- ޕޯސްޓްޕެއިޑް 450 އިން ފެށިގެން މަތީގެ ޕްލޭންތަކުގެ ބިލް ދައްކާ ކަސްޓަމަރުންނަށް.
- ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ދިރާގުގެ ޚާއްސަ ޕޯޓަލް (https://bit.ly/Win-2-SPeedboats) މެދުވެރިކޮށް އެންރޯލް ކުރަންޖެހެއެވެ.

