ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ހިތްހަމަޖެހުން ލިބިގެންދާނެ ޚާއްޞަ "ފެމިލީ ޑިނާ ނައިޓް" އެއް ބޭއްވުމަށް އިޢުލާންކޮށްފިއެވެ. "އެން އީވްނިންގ އޮފް ނަރިޝްމަންޓް ފޯ ބޮޑީ އެންޑް ސޯލް" ގެ ނަމުގައި ބާއްވާ މި ޚާއްޞަ ހަރަކާތް އޮންނާނީ 24 ޖެނުއަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މާލޭގެ ލޮނުޒިޔާރަތް ޕާކުގައެވެ.

މި ރޭގަނޑުގެ ފަރިއްކޮޅުގައި ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ނަވައިދު އަޒީޒް އަދި މުޙައްމަދު ޝިހާބް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ކީރިތި ރަސޫލާ ﷺ ގެ މަތިވެރި ސުންނަތުންނާއި ޙިކުމަތްތަކުން ފިލާވަޅުތަކެއް ލިބިގަތުމާއެކު، އާއިލާއާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ދިނުމެވެ.

މި އިވެންޓުގެ ތެރެއިން ހިތްތަކަށް ދިރުން ލިބިގެންދާނެ ކުރު ތަގުރީރަކަށްފަހު، ބައިވެރިންނަށް ސުވާލުކުރުމާއި މަޝްވަރާކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އަދި މި ރެއަށް ޚާއްޞަކޮށްގެން ރާއްޖޭގެ މަޝްހޫރު "ބުރުޒު ކޭޓަރިންގ" އިން ތައްޔާރުކުރާ މީރު ކެއުންތަކެއް ހިމެނޭ "ޕްރީމިއަމް ޑައިނިންގ" އެއް ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ހަރަކާތް އިންތިޒާމު ކުރެވިފައިވަނީ ކޮންމެ އާއިލާއަކަށްވެސް ވަކި މޭޒެއް ލިބޭނެ ގޮތަށެވެ.

ފަރިއްކޮޅުގެ އަގުތައް ތަރުތީބު ކުރެވިފައިވާ ގޮތް:

  • 1 ނުވަތަ 2 މީހުން: ބޮލަކަށް 200 ރުފިޔާ
  • 3 ނުވަތަ 4 މީހުން: ބޮލަކަށް 175 ރުފިޔާ
  • 5 މީހުންނަށްވުރެ ގިނަ ނަމަ: ބޮލަކަށް 150 ރުފިޔާ

މި ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/8nbgSLbcLgAK3JrS9 މެދުވެރިކޮށް ބުކިންގް ހެއްދޭނެއެވެ. މީގެ އިތުރުން "Dinner" ޖެއްސެވުމަށްފަހު 7341781 އަށް އެސް.އެމް.އެސް ކޮށްގެން ނުވަތަ 9552949 އަދި 7792270 ނަންބަރު ފޯނާ ގުޅައިގެންވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މިއީ އާއިލާއާއެކު ރޫހާނީ އަދި އިޖުތިމާއީ ގުޅުން ބަދަހިކޮށްލުމަށް ލިބިގެންދާނެ ވަރަށް ފުރިހަމަ ފުރުސަތެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *