އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެން.އެޗް.އެސް) އިން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ކުރުމަށް ބޭނުންކުރާ އައު ބޭހެއް އެ ގައުމުގައި ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.
އިނގިރޭސިވިލާތުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެތައް ހާސް ބަލިމީހުންނަށް މި ބޭސް އެއްވެސް އަގަކާ ނުލައި ހިލޭ ފޯރުކޮށްދޭން ފަށާނެއެވެ. މިއީ އިންގްލެންޑުގައި، ހަށިގަނޑުގެ އެހެން ބައިތަކަށް ކެންސަރު ނުފެތުރޭ ބަލިމީހުންނަށް މިފަދަ އައު ބޭހެއް އެން.އެޗް.އެސް މެދުވެރިކޮށް ދޭން ފެށި ފުރަތަމަ ފަހަރެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި އެކަނިވެސް ކެންސަރު ނުފެތުރޭ މަރުހަލާގައި ތިބި 2,000 އެއްހާ ބަލިމީހުން ވަނީ ފާހަގަކުރެވިފައެވެ. މި ފަރުވާގެ ސަބަބުން ކޮންމެ އަހަރަކު 7,000 އަށްވުރެ ގިނަ ފިރިހެނުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ސިއްހީ މާހިރުން އުންމީދު ކުރާ ގޮތުގައި، މި ބޭހުގެ ސަބަބުން ޕްރޮސްޓޭޓް ކެންސަރުގައި މަރުވާ މީހުންގެ އަދަދު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެއެވެ. އެން.އެޗް.އެސްގެ މި ނިންމުމަކީ އަހަރަކު ގާތްގަނޑަކަށް 3,000 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

