ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ދިރާގުގެ ޚިދުމަތްތައް ލިބޭނެ އައު ފިހާރައެއް ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފިއެވެ.

ހުޅުމާލެ ފޭސް 1 ގެ ހުވަނދުމާ ހިނގުމުގައި ހުންނަ "މޯލްޑިވްސް ސާވިސް" ފިހާރައިން މިހާރު ދިރާގުގެ އެކި ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ދިރާގުން ބުނި ގޮތުގައި މި ފިހާރަ ހުޅުވުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމެވެ.

މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ. އޭގެ ތެރޭގައި:

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ބިލަށް ފައިސާ ދެއްކުން.
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި މޮބައިލް ބްރޯޑްބޭންޑް ޚިދުމަތްތަކަށް އެދުން.
  • ބްލޭންކް ސިމް ކާޑު ދޫކުރުން.
  • ރިޗާޖް ކުރުމާއި ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންގެ ޚިދުމަތް.

މި އައު ފިހާރަ ހުޅުވުމާ ގުޅިގެން ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެގޮތުން، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ފިހާރައިން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް "ސެމްސަންގް ގެލެކްސީ ބަޑްސް3 ޕްރޯ" އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާގުން އިތުރަށް ބުނީ، ހުޅުމާލެއަކީ ހަލުވިކަމާއެކު އާބާދީ ބޮޑުވަމުން އަންނަ ސަރަހައްދަކަށް ވުމާއެކު، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބެން ހުރުމަކީ އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *