ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން، ސާވިކަލް ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމަށާއި ބަލި ދެނެގަތުމަށް ކުރާ ސްކްރީނިންއަށް ބާރުއެޅުމުގެ ގޮތުން ހާއްސަ ކެމްޕޭނެއް މިއަދު ފަށައިފިއެވެ. އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، އެ ހޮސްޕިޓަލުގެ 'ސާވިކަލް ކެންސަރު ސްކްރީނިން ޕެކޭޖް' އިން 15 އިންސައްތައިގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މަހުގެ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ސާވިކަލް ކެންސަރާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، މާލީ ގޮތުން ކުރިމަތިވާ ހުރަސްތައް ކުޑަކޮށް ވީހާވެސް ގިނަ އަންހެނުންނަށް ސްކްރީން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، މި ކެމްޕޭނަކީ އަންހެނުންގެ ދިގު މުއްދަތުގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސާވިކަލް ކެންސަރަކީ ސިއްހީ ގޮތުން ބޮޑު ނުރައްކަލެއް ނަމަވެސް، މިއީ ކުރިން ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ފަސޭހައިން ރައްކާތެރިވެވޭނެ ބައްޔެކެވެ. އެހެންކަމުން، މި ހަރަކާތަކީ ގަވާއިދުން ޗެކަޕް ހެދުމަށް ބައިނަލްއަގުވާމީ އަދި ގައުމީ ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތެއްކަން އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ޓްރީ ޓޮޕްގެ ސާވިކަލް ކެންސަރު ޕެކޭޖުގެ ދަށުން ރަހިމުގެ ދޮރުގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު ޓެސްޓުތައް ހެދޭނެ އެވެ. މިއީ އެކި ސަބަބުތަކާ ހުރެ ސްކްރީނިން ހެދުން ލަސްވެފައިވާ ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ހާއްސަކޮށް ގަވާއިދުން ސްކްރީން ކުރަންޖެހޭ އުމުރުގެ އަންހެނުންނާއި މި ބައްޔާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ހުރި ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ސާވިކަލް ކެންސަރަށް ޓެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *