ދަރިވަރުންނަށް ބޭނުންވާ ތައުލީމީ އެހީތެރިކަން އޮންލައިންކޮށް ފޯރުކޮށްދޭ ރާއްޖޭގެ މަގުބޫލު ޕްލެޓްފޯމެއް ކަމަށްވާ "ލިމިޓްލެސް ލާނިން" އިން، ދިރާސީ އާ އަހަރުގެ ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް އެންރޯލްވެވޭ މި ޕްލެޓްފޯމުން ޓިއުޝަންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 6 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށެވެ.
ލިމިޓްލެސް ލާނިން އަކީ މިހާރު ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ޓިއުޝަންގެ ހިދުމަތް ފޯރުކޮށްދޭ އެއް ފަރާތެވެ. އެގޮތުން ކޮންމެ މާއްދާއެއްގެ ކްލާސް ފީއެއްގެ ގޮތުގައި މަހަކު ނަގަނީ އެންމެ 299 ރުފިޔާއެވެ. މި ޕްލެޓްފޯމުގައި ކިޔަވައިދެނީ ގައުމީ ކަރިކިއުލަމްއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ދަރިވަރުންނަށް ބޭނުންކުރަން ފަސޭހަވާނެހެން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމް މެދުވެރިކޮށް، ޒޫމް (Zoom) މެދުވެރިކޮށް ކުރިއަށްދާ ލައިވް ކްލާސްތަކުގައި ބައިވެރިވެވޭނެއެވެ. މީގެ އިތުރުން، ކުރިން ނަގައިދީފައިވާ ފިލާވަޅުތަކުގެ ރިކޯޑިންގްތަކާއި، އެކަޑެމިކް ރިސޯސްތައް ފަސޭހައިން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ކަސްޓަމާ ސަޕޯޓުގެ ހިދުމަތްވެސް އަވަސްކަމާއެކު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މި ޕްލެޓްފޯމުގެ އެންމެ ބޮޑު އެއް ތަފާތަކީ އޮންލައިންކޮށް ކިޔަވައިދިނުމުގެ ތަޖުރިބާ ހުރި ބޮޑު ޓީޗަރުންގެ ޓީމެކެވެ. އޭގެ ތެރޭގައި އައިޝަތު މަލާހާ، އަބްދުﷲ އަތީގް، މުހައްމަދު ހުމެއިދު، އަދި އަލީ ރައުފަތު ސޯދިގު ފަދަ ގިނަ ފަރާތްތަކެއް ހިމެނެއެވެ. ޖުމްލަ 18 ޓީޗަރުންގެ މައްޗަށް އެކުލެވޭ މި ޓީމަކީ ރާއްޖޭގެ ޓިއުޝަން ސެންޓަރެއްގައި ހިމެނޭ އެންމެ ބޮޑު އެއް ޓީމެވެ.
ލިމިޓްލެސް ލާނިންގެ ސީނިއާ މެނޭޖްމަންޓަކީ އެޑިއުކޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރި، ދަރިވަރުން ޝައުގުވެރިވާނެ ގޮތަށް ކިޔެވުން ބައްޓަންކުރުމުގެ ތަޖުރިބާ ހުރި ބައެކެވެ. އެ ފަރާތުން ބުނާ ގޮތުގައި، މިއީ އާދައިގެ "ޓްރެޑިޝަނަލް" ޓިއުޝަން މޮޑިއުލްތަކާ ހިލާފަށް، އޮންލައިންކޮށް ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަށް ފަރުމާކޮށްފައިވާ ކްލާސްތަކެކެވެ.
ކިޔަވައިދޭ މާއްދާތައް:
- ގްރޭޑް 6 އަދި 7: ސައިންސް، މެތަމެޓިކްސް، އިސްލާމް، ދިވެހި އަދި ބިޒްނަސް.
- ގްރޭޑް 8: މެތަމެޓިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އިނގެރޭސި، ދިވެހި، އިސްލާމް އަދި ކޮމްބައިންޑް ބިޒްނަސް.
- ގްރޭޑް 9 އަދި 10: މެތަމެޓިކްސް، ސައިންސްގެ މާއްދާތައް، ބިޒްނަސް ސްޓްރީމްގެ މާއްދާތައް، އިނގެރޭސި، ދިވެހި، އިސްލާމް އަދި ކޮމްފިއުޓާ ސައިންސް.
- ގްރޭޑް 11 އަދި 12: މެތަމެޓިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ، ދިވެހި އަދި އިސްލާމް.
މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ލިމިޓްލެސް ލާނިންގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.

