އުރީދޫ ނޭޝަންގެ 2026 ވަނަ އަހަރުގެ ގޭމިން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ފުރަތަމަ މުބާރާތްތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން ހާމަކުރި ގޮތުގައި، މި އަހަރުގެ ގޭމިން ސީޒަން ރަސްމީކޮށް ފަށާނީ "އޯޕަން ސީރީޒް ސީޒަން 1″ އާއެކުގައެވެ. މި ސީރީޒްގެ ދަށުން މިހާރު ފުރުސަތު ހުޅުވާލާފައިވަނީ "ކްލޭޝް ރޯޔާލް" އަދި "އީއޭއެފްސީ އަލްޓިމޭޓް ޓީމް" މުބާރާތުގައި ބައިވެރިވުމަށެވެ. މިއީ ރާއްޖޭގެ ގޭމް ކުޅުންތެރިންނަށް ފޯރިގަދަ ފެށުމަކަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މުބާރާތްތަކުގެ ތަފުސީލު:

1. ކްލޭޝް ރޯޔަލް – އޯޕަން ސީރީޒް ސީޒަން 1

  • އިނާމު ޕޫލް: 5،000 ރުފިޔާ
  • ފޯމެޓް: އޮންލައިން
  • ރަޖިސްޓްރޭޝަން ފީ: 50 ރުފިޔާ
  • ރަޖިސްޓްރޭޝަންގެ ސުންގަޑި: 3 ފެބްރުއަރީ 2026، ރޭގަނޑު 11:59 އަށް
  • މުބާރާތް ފަށާ ތާރީޚް: 6 ފެބްރުއަރީ 2026

2. އީއޭއެފްސީ އަލްޓިމޭޓް ޓީމް – އޯޕަން ސީރީޒް ސީޒަން 1

  • އިނާމު ޕޫލް: 5،000 ރުފިޔާ
  • ފޯމެޓް: އޮންލައިން
  • ރަޖިސްޓްރޭޝަން ފީ: 50 ރުފިޔާ
  • ރަޖިސްޓްރޭޝަންގެ ސުންގަޑި: 12 ފެބްރުއަރީ 2026، ރޭގަނޑު 11:59 އަށް
  • މުބާރާތް ފަށާ ތާރީޚް: 16 ފެބްރުއަރީ 2026

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ ނޭޝަންގެ ޚާއްސަ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

އުރީދޫން ބުނި ގޮތުގައި، އޯޕަން ސީރީޒް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގޭމް ކުޅުންތެރިންނަށް އެމީހުންގެ ފަންނު ދައްކާލުމުގެ ފުރުސަތު ދިނުމާއި، ގޭމިން ކޮމިއުނިޓީގެ މެދުގައި ގުޅުން ބަދަހިކޮށް ވާދަވެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި މުބާރާތްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ ހުރިހާ އަތޮޅެއްގެ ކުޅުންތެރިންނަށް ވެސް ހަމަހަމަ ފުރުސަތެއް ފަހިކޮށްދިނުމަށެވެ.

އުރީދޫ ނޭޝަންއަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ޑިޖިޓަލް ހުނަރުތައް ތަރައްގީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ޕްލެޓްފޯމެކެވެ. މިއީ ޓެކްނޮލޮޖީ އާއި އީޖާދީ ވަސީލަތްތަކުގެ އެހީގައި އަންނަން އޮތް ޖީލު ބާރުވެރިކުރުވުމަށް އުރީދޫއިން ގެންގުޅޭ ދުރުރާސްތާ ތަސައްވުރުގެ ބައެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *