ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން އައި ހައުސިން އާއި ގުޅުންހުރި ލޯނު ސްކީމް ތަކަށް ލުއި ބަދަލުތަކެއް ގެނެސްފިއެވެ.

ބެންކް އޮފްމޯލްދިވްސް އިން ގެދޮރު އިމާރާތްކުރުމާއި، ގެދޮރު ގަތުމާއި، ގެދޮރު މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރަމުން އައި ފައިނޭންސިންގ އަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހޯމް ޕަރޗޭސް ފައިނޭންސިންގް ގެ ދަށުން ބިންމާއި، ގަރާޖް އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުމާއި، 3 މިލިއަން ރުފިޔާއާ ހަމަޔަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %10 އަށް ދަށްކުރުން ހިމެނެއެވެ.

އަދި ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގް (ގެދޮރު މަރާމާތްކުރުން) ފައިނޭންސިންގެ ދަށުން ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރު ކުރުމާއި، ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާއިން 45 މިލިއަން ރުފިޔާއަށް އިތުރު ކުރުމާއި، އަދި މަޝްރޫއުން ލިބޭ އާމްދަނީ ބަލައިގަތުން ހިމެނެއެވެ.

އޭގެ އިތުރުން ހޯމް ބިލްޑް ފައިނޭންސިންގް (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް) ދޫކުރާ ފައިނޭންސް ގެ ތެރެއިން ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 2 މިލިއަން ރުފިޔާއަށް އިތުރު ކުރުމާއި، އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުމާއި، ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށް ކުރުން ހިމެނެއެވެ.

މި ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވީ، ރާއްޖޭގައި ދޫކުރާ އެންމެ ކުޑަ ރޭޓުގައި ހޯމް ފައިނޭންސިންގް ދޫކުރަނީ އެ ބޭންކް އިން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *