މިއަހަރުވެސް ބޭންކް އޮފް މޯލްޑިވްސްގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ “More” ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެއެވެ. އަދި އެޕްގެ އިތުރުން ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
ޒަކާތް ޕޯޓަލް ލިންކް: https://zakaaiy.bankofmaldives.com.mv/
ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.

