ދަތުރުވެރިންގެ މާރުކޭޓުގައި ގިތެޔޮ މިރުސް ވަރަށް ބޮޑަށް ތިޔާގިވެ، މިރުސް ކިލޯއެއްގެ އަގު 150ރ. އަށްވުރެ ދަށަށް ވެއްޓިއްޖެ އެވެ.

މި ވަގުތު މާރުކޭޓުގައި ހުރީ ތ. ކަނޑޫދޫ މިރުހާއި ލ. އަތޮޅު މިރުހެވެ. ސަކޭތަ ގްރާމްގެ ތާޒާ ގިތެޔޮ މިރުސް 15ރ. އަށް ވިއްކާއިރު، ވަޅޯވާން ފަށާފައިހުންނަ 100 ގްރާމުގެ މިރުސް 10ރ. އަށްވެސް ގަންނަން ލިބެއެވެ.

މިދިޔަ އަހަރުގެ ރޯދަމަހު، ގިތޮޔު މިރުސް 100 ގްރާމުގެ އަގު ބާޒާރުގައި 80ރ. އަށް އުފުލުނެވެ.

ރާއްޖޭގައި ކަރާ ހެއްދުމަށް އެންމެ މަޝްރޫހު އއ. ތޮއްޑު ކަރަ އާއި ދަނޑުވެރި ބައެއް އެހެން ރަށްރަށުންނާއި އިންޑިޔާ އިން އެތެރެކޮށްފައިވާ ކަރާ ވެސް ދަތުރުވެރިންގެ މާރުކޭޓުގައި އެބަހުއްޓެވެ. ތޮއްޑޫގައި މިހާރު އާންމުކޮށް ހައްދަނީ އެ ރަށުގެ މީހުން ކިޔާގޮތުން "ބޮޑުކަޅާ"އި "ބައިކަޅު" ކަރަލެވެ.

މާރުކޭޓުގެ ބައެއް ގޮޅިތަކުން ކަރާ ކިލޯއެއް 25ރ. އަށް ވިއްކި ނަމަވެސް، ތާޒާ ކަރާ ކިލޯއެއް މާރުކޭޓުން 20ރ. އަށް ގަންނަން ލިބެއެވެ. އަދި އަލަނާސި ކަރާ ކިލޯއެއް ވިއްކަނީ 35ރ. އަށެވެ.

ތޮއްޑޫއިން ކޮންމެ ރޯދަ މަހަކު 500 ޓަނަށްވުރެ ގިނަ ކަރާ ބާޒާރަށް ނެރެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *