އިންޑިއާގެ ބޮލީވުޑުގެ މަޝްހޫރު ގިނަތަރިންނަކީ ވިޔަފާރީގެ އެކި ދާއިރާތަކަށް އިންވެސްޓްކޮށްގެން އުޅޭ މީހުންނެވެ. އެގޮތުން ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ދުބާއީގައި އެސްއާރްކޭ ބޮލްވާޑްގެ ނަމުގައި ރިއަލް އެސްޓޭޓް ވަރުގަދަ ކުންފުންޏެއް ހިންގާ ޝާހުރުކް ޚާނެވެ. އަދި އޭނާގެ އަންހެނުންނާއެކު ހަދާފައިވާ ޕްރޮޑަކްޝަން ހައުސް، ރެޑް ޗިލީގެ ނަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ސުޝްމީތާ ސެން އަކީ ދުބާއީގައި ޖުވެލަރީ ޗެއިންއެއް ހިންގުމުގައި ކާމިޔާބު ހޯދާފައިވާ ތަރިއެކެވެ. އަދި އޭނާގެ އިވެންޓް މެނޭޖްމަންޓް ކުންފުނީ ޓަންޓަރާގެ މަޝްހޫރުކަންވެސް ބޮޑެވެ.
"ދަ ވައިޓް ވިންޑޯ" އަކީ ޓްވިންކަލް ކަންނާގެ އިންޓީރިއަ ޑިޒައިން ކުންފުންޏެވެ. މުމްބާއީގައި ހިންގާ މި ކުންފުނިން ވަނީ ބޮލީވުުޑްގެ ސެލެބްރިޓީޒުންނަށް ޕްރޮޖެކްޓްތައް ހިންގައިދީފައެވެ. އިންޑިއާގެ ހާއްސަކޮށް މުމްބާއީގެ މަޝްހޫރު މީހުންގެ މެދުގައި މި ޑިޒައިން ކުންފުނީގެ މަގުބޫލުކަން ބޮޑެވެ.
