ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފި އެވެ.

މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ގޮވާލެއްވިއެވެ.

މީގެއިތުރުން ރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީއީޒެޑް) ގައި އިންވެސްޓް ކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުޞަތުތައްވެސް ފާހަގަކުރައްވާފައިވެ އެވެ. އަދިރާއްޖެއިން ޝަޢުޤުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްޤީގެ ބައިވެރީން ހޯދުމަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމުގައި ހުރި ފައިދާތަކަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި އިންވެސްޓް ކުރެވިދާނެ ކަމަށާއި،

އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައްޔާއި، އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެ މަނިކުފާނުގެ ތަގުރީރުގައި އަލިއަޅުއްވައިލެއްވި އެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *