އެމްޓީސީގެ ސީއީއޯ އަހުމަދު ސައުދީ އަކީ ކޮން ބޭފުޅެއްތޯއެވެ؟
މި ސުވާލަށް އެންމެ ފަސޭހަ ހައްލެއް ލިބެން އޮތީ ފުލުސް އޮފީސް ތެރެއިންނެވެ. އެއީ ޑެޕިއުޓީ ޕޮލިސް ކަމިޝަނަރުކަން ކުރައްވާފައިވާ ހިންގުންތެރި، ވިސްނުންތެރި، ރަނގަޅު އަޚުލާގާއި މުރާލިކަމުގެ ނަމޫނާ ބޭފުޅަކަށްވާތީއެވެ.

ރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި، ސަރުކާރާ އާންމުން ހިއްސާވާ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ- އެމްޓީސީސީގެ ސީއީއޯ ކަމަށް ވަޑައިގަތުމާއެކު އެ ކުންފުންޏަށް ދިރުން ލިބިގެން ދިޔައެވެ. ސައުދީގެ ރޭއްްވެވުންތެރިކަމުގެ ތަޖުރިބާގެ އަލީގައި އެމްޓީސީސީގެ މަސައްކަތްތައް މިހާރު ވަނީ ހަލުވިކޮށް، ތަރުތީބު ކުރައްވާފައެވެ. މަލްޓި މިލިއަން ޑޮލަރުގެ މި ކުންފުނީގެ ހުންގާނުގައި ހުންނަވައިގެން ސައުދީ، އެމްޓީސީ އެގެންދަވަނީ ނަމޫނާ ލެވަލަކަށެވެ. ބޮއްސުންލާފައިވާ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ނިޒާމް އިސްލާހުކުރައްވައި ހަރުދަނާ ކުރައްވައިފިއެވެ. އެކަށީގެންވާ މުވައްޒަފުންނާއެކު އެކަށީގެންވާ މުއްދަތުގައި ޕްރޮޖެކްޓްތައް ގެންދަވަނީ ކުރިއަށެވެ.

ސަރުކާރުގެ ތަރައްގީގެ ބޮޑެތި މަސައްކަތްތަކުގެ އެންމެ މުހިއްމު ބައިވެރިއަކީ އެމްޓީސީސީކަމުން ސައުދީ އަބަދުމެ ވިސްނަވާ ކަމެއް އެބައޮތެވެެ؛.
"ފެއިލްވުން އެފޯޑެއް ނުކުރެވޭނެ" މި މޮޓޯގައި އޭނާ ގެންދަވަނީ ތަފާތު ދައްކަވަމުންނެވެ. އެއްފަހަރާ ގިނަ މަޝްރޫއުތައް ތަރުތީބުކުރައްވައި ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ހިންގަވަމުން އެގެންދަވަނީ ސަރުކާރާއި ރައްޔިތުންވެސް އުފަލާއެކު ފާހަގަކުރާ ސްޕީޑުގައި، ފުރިހަމައަށެވެ. މާލޭގެ އުތުރު ފަރާތު މަލަމައްޗަށް ގެންނަމުން އެދާ މުހިއްމު ބަދަލުތަކުން އެކަނިވެސް އެކަން ސާފުކޮށް ގެންނާނެއެވެ. ހެކިވާނެއެވެ.

ދިވެހި އާންމު މެނޭޖިން ޑިރެކްޓަރަކު މަސައްކަތުގައި ހޭދަނުުރައްވާ މިންވަރަށް ސައުދީ އޮފީސް މަސައްކަތަށް ވަގުތު ހުސް ކުރައްވައެވެ. ކުޑައެއް ބޮޑެއް ނެތި ހަމަ ހުރިހާ މަޝްރޫއޫއެއްވެސް ވަރަށް ގާތުން ގެންދަވަަނީ ބަލަމުންނެވެ. އެހެންކަމުން އެމްޓީސީ މިހާރު ހޯދަމުން އެގެންދާ ބޮޑު ކުރިއެރުންތަކުގެ އެންމެ ވަރުގަދަ މޭސްތިރިއަކީ ސައުދީ ކަމާމެދު ޝައްކެއް ނެތެވެ.
