ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ޚާއްސަކޮށްގެން ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އައިކެއަރއިން ފަށައިފިއެވެ.

އައިކެއަރއިން މައުލޫމާތު ދިން ގޮތުގައި މިއަދުން ފެށިގެން މި ހިނގާ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ. މި ފުރުސަތަކީ ސްކޫލް ބަންދު ދުވަސްވަރު ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ޗުއްޓީއަށްފަހު އަލުން ކިޔެވުން ފެށުމުގެ ކުރިން އައިނު އައުކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް އެ ފަރާތުން ފާހަގަކުރެއެވެ.

މި ޚާއްސަ އޮފާ ހުޅުވާލެވިފައިވަނީ އުމުރުން 25 އަހަރުން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށެވެ. އަދި މި ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އަމިއްލައަށް އައިކެއަރގެ އައުޓްލެޓަކަށް ހާޒިރުވެގެންނެވެ. މީގެ އިތުރުން، އުމުރުން 18 އަހަރުން މަތީގެ ދަރިވަރުން މި ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށް އައިކެއަރއިން ބުނެއެވެ.

އައިކެއަރއިން އިތުރަށް މައުލޫމާތު ދޭ ގޮތުގައި 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ކޮންމެ ދަރިވަރަކަށް ވެސް އެއް ފްރޭމަށްވުރެ ގިނަ ފްރޭމް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.

މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށްދާނެއެވެ. ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު އައިކެއަރގެ ވެބްސައިޓް (https://eyecare.mv/offers) އިންނާއި، އެންމެ ކައިރީގައި ހުރި އައިކެއަރގެ އައުޓްލެޓަކަށް ޒިޔާރަތްކުރުމުން ލިބިގެންދާނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *