މާލޭގެ މަގުބޫލު ފިހާރަ އެމްއެޗްއޭ އިން، ދުނިޔޭގެ މަޝްހޫރު ޑރ. އޮޓްކާގެ ފްރޯޒަން ޕިއްޒާއާއި ހާގެންޑާޒް އައިސްކްރީމްގެ ހާއްސަ އޮފާތަކެއް މި މަހަށް ތަޢާރަފުކޮށްފި އެވެ. މި އޮފާތައް އެމްއެޗްއޭގެ ރީޓެއިލް ފިހާރަތަކުން ސްޓޮކް ހުސްވަންދެން ލިބިވަޑައިގަންނަވާނެ އެވެ.
އެ އޮފާގެ ދަށުން، ޑރ. އޮޓްކާގެ ޓްރެޑިޒޮނޭލް ކަލެކްޝަންގެ ޕިއްޒާތަކާއި، ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަންގެ ޕިއްޒާތަކާއި، ރިސްޓޮރަންޓޭ މާގަރީޓާ ޕިއްޒާ ވެސް އެންމެ 75ރ. އަށް ލިބޭނެ އެވެ. ޓްރެޑިޒޮނޭލް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި 385 ގްރާމްގެ މޮޒެރެއްލާ އެންޑް ޕެސްތޯ އާއި 415 ގްރާމްގެ ސްޕިނެޗް އެންޑް ރިކޯޓާ ހިމެނެ އެވެ. މިއީ ގޯމޭ ޓޮޕިންގްސް ހިމެނޭ ރަސްޓިކް ޑޯއެއްގައި ތައްޔާރުކޮށްފައިވާ ޕިއްޒާތަކެކެވެ.
އަދި އެ ބްރޭންޑުގެ ރިސްޓޮރަންޓޭ ކްލެސިކް ކަލެކްޝަނުގެ ޕިއްޒާތަކުގެ ތެރޭގައި 355 ގްރާމުގެ މޮޒެރެއްލާ އާއި 390 ގްރާމުގެ ސްޕިނެޗް، އަދި 320 ގްރާމުގެ ޕެޕަރޯނިީ އާއި 345 ގްރާމުގެ ރެސްޓޮރެންޓޭ ސްޕެޝާލް ފްލޭވާ ހިމެނެ އެވެ. މިއީ ކްރިސްޕީ، ތުނި ކްރަސްޓަކާއި ބޯލްޑް ޓޮޕިންގްސް ހިމެނޭ ޕިއްޒާތަކެކެވެ.
އެމްއެޗްއޭއިން ހާގެންޑާޒްއަށް ތައާރަފްކުރި އޮފާ އަކީ 100އެމްއެލްގެ ހަތަރު އައިސް ކްރީމް ތަށީގެ ތަފާތު ތިން ބަންޑަލްއެއް ހެޔޮ އަގުގައި ލިބޭ އޮފާއެކެވެ. އޭގެ ތެރޭގައި ހިމެނޭ ފްރުޓް ކަލެކްޝަނަކީ އާއްމު އަގުގައި 150ރ. އަށް ލިބޭނެ ބަންޑަލެކެވެ. މި އޮފާގެ ދަށުން 99ރ. އަށް ސަމާ ބެރީޒް ކްރީމް ވިތް ސްވާލް އާއި މެންގޯ ރާސްބެރީ އާއި މެންގޯ އެންޑް ކްރީމް އަދި ބްލޫބެރީޒް އެންޑް ކްރީމް ހިމެނޭ އައިސްކްރީމް ބަންޑަލް ލިބޭނެ އެވެ.
މީގެ އިތުރުން، 190ރ. ގެ ގޯމޭ ކަލެކްޝަން ބަންޑަލް މި އޮފާގެ ދަށުން 140ރ. އަށް ލިބޭނެ އެވެ. އެ ބަންޑަލްގައި މަޗާ ގްރީން ޓީ އާއި މެކެޑޭމިއާ ނަޓް ބްރިޓަލް އާއި ޓިރަމިސޫ ކޮފީ އެންޑް މާސްކަޕޯންގެ އިތުރުން ޗޫރޯޒް ފްލޭވާގެ އައިސްކްރީމް ތަށި ހިމެނެ އެވެ. ޓައިމްލެސް ކްލެސިކް ބަންޑަލް އަކީ އާއްމު އަގުގައި 160ރ. ގެ ބަންޑަލްއެކެވެ. އެ ބަންޑަލް މި އޮފާގެ ދަށުން 99ރ. އަށް ލިބޭނެ އެވެ. އެ ބަންޑަލްގައި ހިމެނެނީ ކުކީޒް އެންޑް ކްރީމް، ސްޓްރޯބެރީ އަދި ކެރަމަލް ބިސްކަޓް އެންޑް ކްރީމް އާއި ވެނީލާ އެވެ.
އެމްއެޗްއޭއިން ކޮންމެ މަހަކު ވެސް ކަސްޓަމަރުންގެ މެދުގައި މަގުބޫލު އެކި ޕްރޮޑަކްޓުތަކުގެ ހާއްސަ އޮފާތަކެއް ހުޅުވާލާ ކަމަށް ވެ އެވެ. މި މަހުގެ މި ހާއްސަ އޮފާތައް އެމްއެޗްއޭގެ ރީޓެއިލް ފިހާރަތަކުން ސްޓޮކް ހުސްވަންދެން ލިބިވަޑައިގަންނަވާނެ އެވެ.

