އަންނަ ރޯދަ މަހަށް ބާޒާރުގައި ތަކެތީގެ އަގު ބޮޑުކުރާ ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މިނިސޓަރުން ބައިވެރިގެން ގެނެސްދޭ "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ މި އަންނަ ރޯދަ މަހު ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދީ، ރައްޔިތުންގެ ޖީބަށް ލުއިފަސޭހަ ވާނެ ގޮތަށް އަގުތައް ކޮންޓްރޯލް ކުރުމަށް، މިހާރު ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ބާޒާރުގައި 183 ބާވަތެއް އަގު ކޮންޓްރޯލް ކުރަން ލިސްޓް ކޮށްފައިވާއިރު އޭގެ ތެރެއިން 54 ބާވަތަކީ ސީދާ ރޯދަ މަހު އަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި އެ ލިސްޓުގައި ހިމަނާފައިވާ ބާވަތްތައް ކަމަށާއި، މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއްގެ އަގު އުފުލިގެންދާ ނަމަ ސަރުކާރުން އިންޓަވީން ކުރާނެ ކަމަށާއި، އެއީ ޗޮއިސްްއެއް ނޫންކަމަށްވެސް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

މާކެޓުގައި އެއްވެސް ބާވަތެއްގެ މުދަލެއް އަގު އުފުލިގެންދާ ނަމަ އަޅުގަނޑުމެން އިންޓަވީން ކުރާނަން. އެއީ ޗޮއިސްްއެއް ނޫން، ކުރާނެ،" މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

މިނިސްޓަރ ސައީދު މިގޮތަށް ވިދާޅުވިއިރު، ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ވަނީ އަގު ހެޔޮކޮށް ކާއްޓާއި ފިޔާ ވިއްކަން ފަށައިފަ އެވެ. އެސްޓީއޯ އިން ނިންމާފައި ވަނީ  ކާއްޓެއް 5 ރުފިޔާއަށް، ފިޔާ ކިލޯއެއް 16 ރުފިޔާއަށް ވިއްކުމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *