މިއަހަރުގެ ފުރަތަމަ 6 ހަފްތާގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ 6 ހަފްތާގެ "ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން ފެބްރުއަރީ 13 ގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ވަނީ ލިބިފައިވެއެވެ. އަދި މުއްދަތުގެ ތެރޭގައި ހަރަދުކޮސްފައިވަނީ 3 ބިލިއަން ރުފިޔާ އެވެ.
އެ ނމުއްދަތުގެ ތެރޭގައި ޓެކްސް ގެ އާމްދަނީގެ ގޮތުގައި 3.8 ބިލިޔަން ލިބިފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ޢަދަދެއް ލިބިފައިވަނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީގެ ގޮތުގައެވެ. އެއީ 1.7 ބިލިޔަން ރުފިޔާއެވެ. 2 ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީގެ ގޮތުގައެވެ. އެއީ 1.4 ބިލިޔަން ރުފިޔާއެވެ.
އެ މުއްދަތުގެ ތެރޭގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައިލިބިފައިވަނީ 309 މިލިޔަން ރުފިޔާ އެވެ. މީގެ އިތުރުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގެ ތެރޭގައި 541 މިލިޔަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި 28 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.

