ލިވަޕޫލްގެ ޑެސްޓިނޭޝަން މޯލްޑިވްސް: ހުރިހާ ގޮތަކުންވެސް ވެސް ރާއްޖެއަށް ފަހުރެއް!

ވިޒިޓް މޯލްޑިވްސްއިން ލިވަޕޫލް ފުޓްބޯލް ކްލަބްއާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސުމަކީ މުޅި ރާއްޖެއަށް ލިބިގެންދިޔަ ފަހުރެކެވެ.

އަދި މިއީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކޮށް ޓޫރިޒަމް ދާއިރާގައި ކުރިއަރާ ދިއުމަށް އެޅުނު މުހިއްމު ފިޔަވަޅެއްވެސްމެއެވެ. ލިވަޕޫލަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ކުޅެމުންދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުލަބެވެ. ފުޓްބޯޅައިގައި މަޝްހޫރު ފަސް ޤައުމެއްގެ ޤައުމީ ޓީމްގެ ކެޕްޓަނުން މިހާރުވެސް އެކުލަބަށް ކުޅެމުން ގެންދެއެވެ. އެއީ ނެދަލެންޑްސްގެ ކެޕްޓަން ވެންޑައިކް، ސްކޮޓްލެންޓްގެ ކެޕްޓަން ރޮބަޓްސަން، މިސްރުގެ ކެޕްޓަން ސަލާހު، ހަންގޭރީގެ ކެޕްޓަން ސޮބޮސްލާއި އަދި ޖަޕާންގެ ކެޕްޓަން އެންޑޯއެވެ. މީގެއިތުރުން ލިވަޕޫލްގެ ފުރަތަމަ 11ގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކީ އެ ކުޅުންތެރިއެއްގެ އުފަން ޤައުމުގެ ޤައުމީ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. މީގެތެރެއިން ކީޕަރު އެލިސަން އަކީ ބްރެޒިލްގެ އެއް ނަމްބަރު ކީޕަރެވެ. ވެންޑައިކާ ރޮބަޓްސަންއާއެކު ފަހަތުގައި ހަރަކާތްތެރިވާ ކޮނާޓޭއަކީ ފްރާންސްގެ ޤައުމީ ޓީމްގެ ޑިފެންޑަރެވެ، އަދި އާނޯލްޑަކީ އިންގްލެންޑްގެ މުހިންމު ކުޅުންތެރިއެކެވެ. މެދުތެރެއިން މެކް އަލިސްޓަރއަކީ އާޖެންޓީނާގެ މެދުތެރޭގެ މުހިންމު ކުޅުންތެރިއެވެ. ގްރެވެންބާގާއި ގަކްޕޯއަކީ ވެންޑައިކާއެކު ނެދަލެންޑްސްގެ ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިންނެވެ. އަދި އުރުގުއާއީގެ އެއްވަނަ ފޯވާރޑް ނޫނޭޒްއާއި ކޮލަމްބިއާގެ ވިންގަރ ލުއިޒް ޑިއަޒްއަކީ ލިވަޕޫލްގެ އިތުރުން އެ ޤައުމުގައިވެސް މަޝްހޫރު ކުޅުންތެރިނެނެވެ.

އެމްްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނީ އެ  އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެ ވާނީ ތާރީޚީ އަދި އެހާމެ މުޙިއްމު ވަގުތު ކޮޅަކަށެވެ. ރާއްޖޭގެ އިގްތިސާދަށް، ވިޔަފާރިއަށް އަދި ކުޅިވަރަށްވެސް ލިބޭ ހިތްވަރަކަށެވެ. މިއީ ޕްރިމިއާ ލީގުގައި ދެން ލިވަޕޫލް ކުޅޭނެ ފުރަތަމަ މެޗެވެ. މި ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ މެޗްތައް ކުޅޭއިރު ލިވަޕޫލް ނިކުންނާނީ ލީގްކަޕް ފައިނަލްގައި ނިއުކާސްޓަލްއާއި ދެކޮޅަށެވެ. މި މެޗް އޮންނާނީ އިނގިރޭސި ޤައުމީ ސްޓޭޑިއަމް ކަމަށްވާ މެމްބްލީގައެވެ.

ގުޅުމުގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އަންނައެގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާޓްނާޝިޕާއި ރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ނުހަނު ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

އަދި ކްލަބުގެ މަގްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ އެވެ. އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100+ މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

އެމްއެމްޕީއާރްސީން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ ކަމަށެވެ. އެއާއެކު ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގް ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެ އެވެ.

އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެ އެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ 2 އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނާޝިޕްގެ ޓާގެޓް ހާސިލްކުރެވިގެންދާނެ އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމްގެ އަމާޒުތައް ހާސިލްކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ޚިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *